Close

އުރީދޫ ޓަވަރުގެ މަސައްކަތް ފަށައިފި

ހުޅުމާލޭގައި ހަދާ އުރީދޫ ޓަވަރުގެ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައިމި މަސައްކަތް ރަސްމީކޮށް ފައްޓަވައި ދެއްވީ އުރީދޫ ސިއީއޯ އަދި މެނޭޖިން ޑިރެކްޓަރު ނަޖީބު ހާން އާއި ޗައިނާގެ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަންގެ ބައެއް ވެރިންނެވެ.

މިއީ 11 ބުރީގެ ޓަވަރެކެވެ. މި ޓަވަރުގައި ހައި ޕާފޯމަންސް އޮފީސް ސްޕޭސް އަކާއި އެންޓަޓޭންމެންޓް އޭރިއާ އާއި ޓައުން ހޯލް އޭރިއާ އަކާއި ކެފޭ އަކާއި މީޓިން ރޫމަކާއި ސެމިނާ ހޯލަކާއި ޕާކިން އޭރިއާއެއް ހުންނާނެއެވެ.

މި ޓަވަރުގައި ޒަމާނީ ވަސީލަތްތަކާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ގެ ވަސީލަތްތައް ހިމެނޭއިރު، މުވައްޒަފުންނަށް އުފެއްދުންތެރިކަމާއި ޓެކްނޮލޮޖީގެ ކުރިއެރުންތަކާއިއެކު ކުރިއެރުމަށް މަގުފަހިވާ ފަދަ ހިތްފަސޭހަ އަދި ރައްކާތެރި މަސައްކަތުގެ މާހައުލެއް ގާއިމްކުރެވިގެންދާނެ ކަމަށް އުރީދޫ އިން ބުންޏެވެ.

އެ ކުންފުނީގެ ސީއީއޯ ނަޖީބު ހާން ވިދާޅުވީ މި އިމާރާތް ތަރައްގީ ކުރަނީ ތިމާވެއްޓާ ރަހުމަތްތެރި ގޮތަކަށެވެ.

މި ޓަވަރުގެ މަސައްކަތް އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އުރީދޫ އިން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top