ގދ. ވާދޫ ޖަމާލުއްދީން ސްކޫލްގެ ހަތަރު ކްލާސްރޫމް އަދި މަލްޓި ޕާޕަސް ހޯލް އިމާރާތުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ.
މި ޕްރޮޖެކްޓް އެޑިއުކޭޝަން މިނިސްޓްރީން ހަވާލު ކުރީ ނޯތު ކޯސްޓް ކޮންޓްރެކްޓަރ ޕްރައިވެޓް ލިމިޓެޑާއެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލު ކުރީ 290 ދުވަހުގެ ތެރޭ ނިންމުމަށެވެ.
މި އެއްބަސްވުމުގައި މިިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒެވެ. އަދި ނޯތު ކޯސްޓް ކޮންޓްރެކްޓަރ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރ އަލީ އިޔާންއެވެ.
މިއީ 13.3 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ.






