ދެކުނުން ކަނޑައިގެންގޮސްފައިވާ މަސްކަނދުފަތީގެ ބަދަލުގައި އައު ކަނދުފަތިތައް އަޅައިފި އެވެ.
މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ޙުސައިން ރަޝީދު ވަނީ މި ކަނދުފަތި ތަކުގެ މަޢުލޫމާތ ޓުވިޓަރގައި ހިއްސާކުރައްވާފަ އެވެ.
ކަނޑައިގެން ގޮސްފައިވާ ގއ. ކޮލަމާފުށީގެ #ކަނދުފަތި، ހުޅަނގު އުތުރުން 12.5 މޭލު ބޭރުގައި މިއަދު ޤާއިމް ކޮށްފިއެވެ. މިކަނދުގެ ނަންބަރަކީ #O9D01 އެވެ.
(16 ނޮވެންބަރ 2021) pic.twitter.com/OSK9uebZMZ
— Ministry of Fisheries and Ocean Resources (@MFORmv) November 16, 2021
އެގޮތުން މިއަދުވަނީ ގއ.ކޮލަމާފުށީ މަސްކަނދުފަތީގެ ބަދަލުގައި އައު ކަނދުފައްޗެއް ކޮލަމާފުށީ އިރުހުޅަނގުން 12.5 މޭލު ބޭރުގައި އަޅައިފަ އެވެ. މިއީ، މިކަނދު ކުރިންވެސް އޮތްތަނެވެ. މަސްކަނދުފަތި ތަކަށް ނަންބަރުދޭ އުސޫލުން، މިކަނދުގެ ނަންބަރަކީ #O09D0 އެވެ.
ކަނޑައިގެން ގޮސްފައިވާ ސ.މަރަދޫ ( ވިލިނގިލި ކަނދުފަތި )، ސ.ވިލިނގިލީ އިރުން 15 މޭލު ބޭރުގައި މިއަދު ޤާއިމް ކޮށްފި
( 15 ނޮވެންބަރ 2021) pic.twitter.com/FvRFIBnzw0— Ministry of Fisheries and Ocean Resources (@MFORmv) November 15, 2021
ސ.މަރަދޫ (ވިލިނގިލި ކަނދުފަތި)، ސ.ވިލިނގިލީ އިރުން 15 މޭލު ބޭރުގައި އިއްޔެ ވަނީ ޤާއިމް ކޮށްފަ އެވެ.
ކަނޑައިގެންދިޔަ ސ.މަރަދޫ މަސްކަނދުފަތީގެ ބަދަލުގައި އައު ކަނދުފައްޗެއް ސ.ވިލިނގިލީ އިރުން 15 މޭލު ބޭރުގައި މިއަދު އަޅައިފިއެވެ. މިއީ، މަރަދޫ ކަނދު ކުރިންވެސް އޮތްތަނެވެ. މަސްކަނދުފަތި ތަކަށް ނަންބަރުދޭ އައު އުސޫލުން، މިކަނދުގެ ނަންބަރަކީ #R09D01 އެވެ. @MoFMRAmv #ކަނދުފަތިޓީމު pic.twitter.com/haY8GhZS6F
— Hussain R. Hassan (@DrHussainHassan) November 15, 2021
މީގެ އިތުރުން ސ. މަރަދޫ މަސްކަނދުފަތީގެ ބަދަލުގައި އައު ކަނދުފައްޗެއް ސ.ވިލިނގިލީ އިރުން 15 މޭލު ބޭރުގައިވަނީ އަޅައިފަ އެވެ. މިއީ، މަރަދޫ ކަނދު ކުރިންވެސް އޮތްތަނެވެ. މަސްކަނދުފަތި ތަކަށް ނަންބަރުދޭ އައު އުސޫލުން، މިކަނދުގެ ނަންބަރަކީ #R09D01 އެވެ.






