Close

އަލްމަރުޙޫމް ކޮޕީ މުޙައްމަދު ރަޝީދުގެ ތަޢުޒިޔާގެ ދަފުތަރުގައި ރައީސް ސޮއި ކުރައްވައިފި

އަލްމަރުޙޫމް ކޮޕީ މުޙައްމަދު ރަޝީދުގެ ހަނދާނުގައި ހުޅުވައިލައިފައިވާ ތަޢުޒިޔާގެ ދަފުތަރުގައި ރައީސުލްޖުމްހޫރިއްޔާ ސޮއި ކުރައްވައިފި އެވެ.

އަލްމަރްޙޫމް ކޮޕީ މުޙައްމަދު ރަޝީދު އަކީ ތަފާތު އެކި ފަންނުތަކަށާއި، ދިވެހި އަދަބީ ރޮނގުތަކުން ޚާއްޞަކޮށް ޅެންވެރިކަމަށް ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރެއްވި ފަރާތެކެވެ.

ތަޢުޒިޔާގެ ދަފުތަރުގައި ރައީސުލްޖުމްހޫރިއްޔާ ލިޔުއްވި ބަޔާނުގައި ވާގޮތުގައި އަލްމަރްޚޫމް ކޮޕީ މުޙައްމަދު ރަޝީދަކީ އެތައް ރޮނގަކުން ދިވެހި ދައުލަތަށާއި، ދިވެހި މުޖުތަމަޢަށް ވަރަށް އަގުހުރި ގިނަގުނަ ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެއްކަމަށާއި، އެބޭފުޅާ ދިވެހި ޤައުމަށް ދޫކުރެއްވީ ވަރަށް އަގުބޮޑު އަދަބީ ތަރިކައެއްކަމުގައެވެ. އަދި، އަލްމަރްޚޫމް ކޮޕީ މުޙައްމަދު ރަޝީދު ވަކިވެދިޔުމަކީ ދިވެހި ޤައުމަށާއި އަދަބިއްޔާތައް ލިބުނު ހީނަރުކަމެއްކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރައްވާފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ބަޔާން ނިންމާލައްވާފައިވަނީ، އަލްމަރްޚޫމް ކޮޕީ މުޙައްމަދު ރަޝީދަށް ސުވަރުގޭގެ ތަނަވަސް ރަޙްމަތާއި ނިޢުމަތް މިންވަރު ކުރެއްވުމަށް އެދި ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވައި، އެބޭފުޅާގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދިވަޑައިގަންނަވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top