Close

ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޑުބަރޭ ދިވެހިން ލަދުގަންނަވާލައިފި

މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ދިވެހިން ލަދުގަންނަވާލައިފި އެވެ.

މަހިންދަ ރާޖަޕަކްސާ ޓްރޮފީން ރާއްޖެ އާއި ސީޝެލްސް ބައްދަލުކުރި މެޗްގެ 90 ހަމަވެފައިވަނިކޮން ބަދަލު ކުޅުންތެރިއެއް ގޮތުގައި ކުޅެން ނުކުމެ އިދިކޮޅު ޓީމުގެ ކެޕްޓަންގެ ކޯތާފަތްމަތީގައި ވަނީ ޖަހާފައެވެ. އަޑުބަރޭގެ މި ލާއިންސާނީ އަމަލު ހިންގާފައިވަނީ ކުޅެންއެރިތާ މިނެޓެއް ނުވަނިސް އެވެ. އެއާއެކު އަޑުބަރޭވަނީ ރަތްކާޑެއް ދައްކާ ދަނޑުން ބާލައިފަ އެވެ.

މިއާއި އެކު މިނިސްޓަރއަށް ވަރަށް ގިނަ ދިވެހިން އަންނަނީ ފާޑުވިދާޅުވަމުންނެވެ.

މިއަދު ސީޝެލްސްއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 0-0 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. މިމެޗުން މޮޅުވިނަމަ ރާއްޖެ އަށް މުބާރާތުގެ ފައިނަލުގެ ޖާގަ ލިބޭނެ އެވެ. މި ނަތީޖާއާއެކު ސީޝެލްސް އިންވަނީ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފަ އެވެ. ރާއްޖެ ވަނީ ކުޅުނު ތިން މެޗުން ލިބުނު ދެ ޕޮއިންޓާއެކު މުބާރާތާއި އަލްވަދާއު ކިޔާށެވެ.

މުބާރާތުގައި ރާއްޖޭން ކުޅުނު ތިން މެޗުގެ ތެރެއިން ލަންކާ މެޗާ ސީޝެލްސް މެޗުންވީ އެއްވަރެވެ. ބަންގްލަދޭޝް އަތުން ރާއްޖެވީ ބައްޔެވެ.

ރާއްޖެ އަތުން ހޯދި ޕޮއިންޓާ އެކު ފައިނަލުގެ ފުރަތަމަ ޖާގަ ލިބުނީ ސީޝެލްސްއަށެވެ. ފަހު ޖާގައަށް ވާދަކުރާނީ ލަންކާ އަދި ބަންގްލަދޭޝްއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top