Close

އެމްޑަބްލިއުއެސްސީއަށް އަނެއްކާވެސް ގޯލްޑް 100 އެވޯޑު

މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)އިން އަނެއްކާވެސް “ގޯލްޑް 100” އެވޯޑު ހާސިލު ކޮށްފިއެވެ.

މިއީ އެ ކުންފުނިން މި އެވޯޑު ހާސިލް ކުރި ފަސްވަނަ ފަހަރެވެ. ރޭ ކްރޮސްރޯޑްސްގައި ބޭއްވި ރަސްމިއްޔާތުގައި އެމްޑަބްލިޔުއެސްސީގެ ފަރާތުން އެވޯޑާ ހަވާލުވެލެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހެވެ.

ގޯލްޑް 100 އެވޯޑަކީ ރާއްޖޭގެ އެންމެ ކުރިއަރާފައިވާ 100 ކުންފުނި ފާހަގަކޮށް، ދޭ އެވޯޑެކެވެ. އެގޮތުން ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ ކުރިއެރުންތައް ހޯދާފައިވާ ކުންފުނިތަކަށް މި އެވޯޑު ދެނީ އެކަމަށް އެކުލަވާލާ ހާއްސަ ބޯޑަކުންނެވެ.

އެވޯޑު ދިނުމުގައި، ރާއްޖޭގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ވިޔަފާރި ހަރަކާތްތައް ހިންގާ ފުޅާމިނާއި، އެ ކުންފުންޏަކާ ގުޅޭ ދާއިރާއަކުން ކާމިޔާބު އީޖަދުތައް ތައާރަފްކުރާ މިންވަރާއި، އިޖްތިމާއީ ޒިންމާގެ ރޮނގުން އުފެއްދުންތެރި މަސައްކަތްތައް ކޮށްފައިވާ މިންވަރަށް ބަލައެވެ.

އެމްޑަބްލިޔުއެސްސީއަކީ ޒަމާނީ ޓެކްނޮލޮޖީއާއި ވަސީލަތްތައް ބޭނުންކޮށްގެން ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފެނާއި ނަރުދަމާއާއި ގުޅުންހުރި ހިދުމަތްތައް ދެމުން އަންނަ ކުންފުންޏެވެ. އަދި އެ ކުންފުންޏަކީ ފުޅާ ދާއިރާއެއްގައި އިންޖީނިއަރިން، މެނުފެކްޗަރިން އަދި ފެނާއި ނަރުދަމާއާ ބެހޭ މުދާ ވިއްކާ ކުންފުންޏަކަށް ވާއިރު، އެ ކުންފުނިން މަސްވެރިންނަށް އައިސް ވެސް ފޯރުކޮށްދެއެވެ.

މީގެ އިތުރުން އެ ކުންފުންޏަކީ ފުޅީގައި ބަންދުކޮށްފައިވާ ފެން އުފެއްދުމާއި، ފެނާއި ނަރުދަމާގެ މަސައްކަތްތަކާއި ފެން ވަޔަރިންއަށް ބޭނުންވާ ހޮޅި އުފެއްދުމާއި، ފެން އުފައްދާ އާރުއޯ ފްލާންޓު އަމިއްލައަށް ޑިޒައިންކޮށް ފެބްރިކޭޓް ކުރުމުގެ ގާބިލުކަންވެސް ހޯދާފައިވާ ކުންފުންޏެކެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top