މިއަހަރުގެ ގޯލްޑް 100 އެވޯޑު، އުރީދޫ މޯލްޑިވްސް އަށް ލިބިއްޖެއެވެ.
ރޭ ކްރޮސްރޯޑްސްގައި ބޭއްވި ރަސްމިއްޔާތުގައި މި އެވޯޑާ ހަވާލުވެވަޑައިގަތީ އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ނަޖީބު ޚާންއެވެ.
ގޯލްޑް 100 އެވޯޑަކީ ރާއްޖޭގެ އެންމެ ކުރިއަރާފައިވާ 100 ކުންފުނި ފާހަގަކޮށް، ދޭ އެވޯޑެކެވެ.
މި އެވޯޑު ހަފްލާގައި ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ ކުރިއެރުންތައް ހޯދާފައިވާ ކުންފުނިތަކަށް އެވޯޑު ދެނީ އެކަމަށް އެކުލަވާލާފައިވާ ހާއްސަ ބޯޑަކުން ޕޮއިންޓް ދީގެންނެވެ.
އެވޯޑު ދިނުމުގައި، ރާއްޖޭގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ވިޔަފާރި ހަރަކާތްތައް ހިންގާ ފުޅާމިނާއި، އެ ކުންފުންޏަކާ ގުޅޭ ދާއިރާއަކުން ކާމިޔާބު އީޖަދުތައް ތައާރަފްކުރާ މިންވަރާއި، އިޖްތިމާއީ ޒިންމާގެ ރޮނގުން އުފެއްދުންތެރި މަސައްކަތްތައް ކޮށްފައިވާ މިންވަރަށް ބަލައެވެ.






