Close

ގޯލްޑް 100 އެވޯޑު ރިޔާޟްގެ ގޭޖްއަށް

އެންމެ ފާހަގަކޮށްލެވޭ މަސައްކަތްތައް ކުރާ ކުންފުނިތަކަށް ކޯޕަރޭޓް މޯލްޑިވްސް އިން ދޭ "ގޯލްޑް 100" އެވޯޑް، ގޯލްޑް 100 އެވޯޑު، ގޭޖް ޕްރައިވެޓް ލިމިޓެޑްއިން ހާސިލް ކޮށްފިއެވެ.

އެ އެވޯޑާ ގޭޖް ގްރޫޕްގެ ފަރާތުން ހަވާލުވެވަޑައިގަތީ ގޭޖް ކުންފުނީގެ ޗެއަރމަން އަދި ފައުންޑަރ، ރައްޔިތުންގެ މަޖިލިހުގެ ތިމަރަފުށި ދާއިރާގެ މެމްބަރު އަބުދުއްﷲ ރިޔާޟެވެ.

'ގޭޖް'' ކުންފުންޏަކީ 2010 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ޕްރައިވެޓް ސެކިއުރިޓީގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަ ކުންފުންޏެކެވެ. އެ ކުންފުނީގެ ގިނަ ކުލަޔަންޓުންނަކީ ރާއްޖޭގައި ހިންގަމުން އަންނަ ރިސޯޓުތަކެވެ.

ސެކިއުރިޓި އަދި ފަޔަރ ސޭފްޓީގެ ދާއިރާއިން ގޭޖް ކުންފުނިން ފޯރު ކޮށްދެމުންދާ ޚިދުމަތްތަކުގެ ތެރޭގައި ސީސީޓީވީގެ ޚިދުމަތާއި، އެކްސެސް ކޮންޓްރޯލްއާއި ގުޅުންހުރި ޚިދުމަތްތަކުގެ އިތުރުން، ގޭޖް ޓްރެއިންިންގ އިންސްޓިޓިއުޓް މެދުވެރިކޮށް މިދާއިރާއާއި ގުޅުންހުރި ތަމްރީނު ފޯރުކޮށް ދިނުންވެސް ހިމެނެއެވެ.

ގޯލްޑް 100 އަކީ ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި މަސައްކަތްކުރާ ކުންފުނިތަކުގެ ތެރެއިން އެންމެ ކުރިއަރާފައިވާ ކުންފުނިތައް ހޮވުމަށް އަހަރަކު އެއްފަހަރު ބާއްވާ އިވެންޓެކެވެ. ރޭގެ ހަފްލާގައި އެވޯޑު ދިނުމުގެ އިތުރުން ގޯލްޑް 100 މެގަޒިން ލޯންޗްކޮށްފައިވެއެވެ.

އެ ލިސްޓަށް ކުންފުނިތައް ހޮވަނީ ހާއްސަ ކޮންސަލްޓަންޓް ކޮމިޓީއަކުން ބެލުމަށްފަހުގައެވެ. އަދި އެ ލިސްޓު އާންމުކުރަނީ ވިޔަފާރިތައް ރޭންކުކުރުމުގެ ބަދަލުގައި އަލްފަބެޓިކް އޯޑަރުންނެވެ.

ރާއްޖޭގެ ވިޔަފާރިކުރާ ފަރާތްތައް ކްރައިޓީރިއާކޮށް މާކެޓްގައި އެންމެ ފުޅާދާއިރާއެއްގައި ވިޔަފާރިކުރާ 100 ކުންފުނި ހޮވުމަށް އެންމެ ފުރަތަމަ "ގޯލްޑް 100" ގެ ނަމުގައި އެވޯޑެއް ދޭންފެށީ 2017 ވަނަ އަހަރުގައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top