އައްޑޫ ސިޓީގައި އޮންނަ ކެނެރީފް ރިސޯޓު ހުޅުވަން މުވައްޒަފުން ހޯދަން އިއުލާން ކޮށްފިއެވެ.
މިގޮތުން އެ ރިސޯޓުން ވަނީ އަށް ދާއިރާއަކުން މުވައްޒަފުން ހޯދަން އިއުލާން ކޮށްފައެވެ. މީގެ ތެރޭގައި އެފްއެންޑްބީ، ހައުސްޕީކިން، ފްރޮންޓް އޮފީސް، ފައިނޭންސް، ގާޑްނިން، ސެކިއުރިޓީ އަދި އިންޖިނިއަރިން ދާއިރާއިން ގިނަ ވަޒީފާތަކެއް ހިމެނެއެވެ.
އެ ދާއިރާތަކުން ވަޒީފާތަކަށް ޝައުގުވެރިވާ މީހުންނަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ބުރާސްފައްޗާ ހަމައަށް ވަނީ ހުޅުވާލަފައެވެ. މި މަގާމުތަކަށް ޝައުގުވެރިވާ މީހުން ސީވީ [email protected] މެއިލް ކުރަން ވަނީ ބުނެފައެވެ
މި ވަޒީފާއަށް އެދޭ މީހުންގެ ޝަރުތަކީ ކުރިމަތިލާ ދާއިރާއަކުން މަދުވެގެން ދެ އަހަރުގެ ތަޖުރިބާ ހުރުމެވެ.
ކެނެރީފުން ބުނީ އެ ރިސޯޓުން މުވައްޒަފުންނަށް ފުރިހަމަ ހިދުމަތްތަކާއި ރަނގަޅު މުސާރައެއް އަދި ފައިދާތަކެއް ވެސް ދޭނެ ކަމަށެވެ. އަދި ވަޒީފާގެ ކުރިއެރުން ހޯދުމުގެ ފުރުސަތުވެސް ލިވޭނެ ކަމަށް އެ ރިސޯޓުން ބުންޏެވެ.
ކެނެރީފް އަލުން ހުޅުވަން ނިންމާފައިވަނީ ކޮވިޑް އާ ގުޅިގެން އެއް އަހަރަށްވުރެ ގިނަ ދުވަސް ވަންދެން އެ ރިސޯޓު ބަންދުކޮށްފައި އޮތުމަށްފަހު އެފަހަރު އައްޑޫގެ ގިނަ މުވައްޒަފުންތަކެއް ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.
އައްޑޫގައި ތިން ރިސޯޓު ހުޅުވާފައިވާއިރު ހުޅުވާނެ ކަން ހާމަ ކޮށްފަައިނުވަނީ ޝްންގްރިއްލާ އިން އެކަންޏެވެ. ސައުތު ޕާމް މިހާރުވެސް ހުޅުވާފައިވާއިރު ކެނެރީފް އަންނަ މަހު ހުޅުވާނެ ކަމަށް ބުނފައިވީނަމަވެސް ސީދާ ތާރީހެއް އިއުލާން ނުކުރެއެވެ.






