ހދ. މަޑަވެލީގައި ކްލިކް ކޮމްޕިއުޓަރސް އިން ފޯރިގަދަ ޗިލްޑްރަންސް ފެސްޓިވަލްއެއް ބާއްވައިފި އެވެ.
ގިނަ އަދަދެއްގެ އާންމުން ނާއި ކުޑަކުދިން ބައިވެރިވި މި ފެސްޓިވަލް ބާއްވާފައިވަނީ މިދިޔަ ހުކުރު ދުވަހު އެވެ.
ކްލިކް ކޮމްޕިއުޓަރސް ޗިލްޑްރަންސް ފެސްޓިވަލް އިންތިޒާމު ކުރުމުގެ ފުރިހަމަކަން ފާހަގަކޮށް އެކުންފުނިން ވަނީ މަޑަވެލީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާއާއި އެންމެހައި މެންބަރުން ކޮށްދެއްވި އިޚްލާޞްތެރި މަސައްކަތާއި ދެއްވި އެއްބާރުލުމަށް ޝުކުރު ދަންނަވާފަ އެވެ.
މީގެ އިތުރުން މަޑަވެލީ ކައުންސިލަށާއި ޚާއްޞަކޮށް ކައުންސިލްގެ ނައިބު ރައީސާ ފަސީދާ ޝަފީޤްއާއި ކައުންސިލަރ ޝިރާއު ޒާހިރު ދެއްވި އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް އެކުން ފުނިންވަނީ ޝުކުރު ދަންނަވާފަ އެވެ. މީގެއިތުރުން ފެސްޓިވަލް ކުރިޔަށް ގެންދިއުމުގައި ވޮލަންޓިއަރުންގެ ހައިސިއްޔަތުން މަސައްކަތް ކޮށްދެއްވި ފަރާތްތަކުން ކޮށްދެއްވި ބުރަ މަސައްކަތަށް ޝުކުރު ދަންނަވާފައިވެއެވެ.
"މިފެސްޓިވަލްގައި ގިނަ ޢަދަދެއްގެ ކުދީންނާއި ބެލެނިވެރިންގެ ބައިވެރިވުން ލިބިފައިވާތީއާއި މަޑަވެލީގެ ލޮބުވެތި ރައްޔިތުންގެ ފަރާތުން ދެއްވި އެއްބާރުލުމާއި ތަރުޙީބު ފާހަގަކޮށް މަޑަވެލީގެ އެންމެހައި ރައްޔިތުންނަށް ލޯތްބާއިއެކު ޝުކުރު ދަންނަވަން"
ކްލިކް ކޮމްޕިއުޓަރސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު ޒާހިރު ސޮއިކުރައްވާ ނެރެފައިވާ ޝުކުރުގެ މެސެޖުގައި ބުނެފައިވެއެވެ.
އެކުންފުނިން ބުނީ ކުރިއަށް އޮތްތަކުގައި ވެސް މިފަދަ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ރޭވިފައިވާކަމަށެވެ.