ގައުމީ އެއާލައިން، މޯލްޑިވިއަން އިން ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް ކުރާ ދަތުރު އަގު ހެޔޮކޮށްފިއެވެ.
މޯލްޑިވިއަން އިން ވަނީމާލެއިން ޑާކާއަށް ދެކޮޅު ޓިކެޓް ފެށޭ އަގު ވަނީ 406 ޑޮލަރަށް ދަށްކޮށްފައެވެ. އަދި އެއްކޮޅު ޓިކެޓް ވަނީ 225 ޑޮލަރަށް ހަދާފައެވެ.
ޓިކެޓުގެ އަގުގެ ދަށްކުރުމުގެ އިތުރުން ބެގެޖު އެލަވެންސް ވެސް މޯލްޑިވިއަން އިން ވަނީ އިތުރުކޮށްފައެވެ. މިހާރު ބެގެޖް އެލަވެންސްގެ ގޮތުގައި 40 ކިލޯ ލިބޭނެއެވެ.
މޯލްޑިވިއަން އިން ހަފްތާއަކު ތިން ދުވަހު ޑާކާއަށް ދަތުރުކުރެއެވެ.






