Close

އަންނަ އަހަރުގެ ބަޖެޓު ފާސްކޮށްފި

އަންނަ އަހަރުގެ ބަޖެޓު މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން މިދިޔަ މަހުގެ 31 ވަނަ ދުވަހު މަޖިލީހަށް ފޮނުވީ އަންނަ އަހަރަށް 36.92 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސް ކުރުމަށެވެ. ނަމަވެސް ބަޖެޓު ކޮމިޓީން ވަނީ 73 މިލިއަން ރުފިޔާ އިތުރުކޮށް 37.65 ބިލިއަނުގެ ބަޖެޓެއް ފާސްކުރަން މަޖިލީހުގެ ތަޅުމަށް ހުށަހަޅައިފައެވެ.

މިއަދު ބޭއްވި ޖަލްސާގައި މަޖިލީހުން ފާސަ ކުރީ 37.65 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

މި ބަޖެޓު ފާސްކުރީ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިން ތިއްބެވި 73 މެމްބަރުންގެ ތެރެއިން 64 މެމްބަރުންގެ ވޯޓުންނެވެ. ބަޖެޓު ފާސްކުރުމަށް އިދިކޮޅުގެ މެމްބަރުން ވަނީ ދެކޮޅު ހަދާފައެވެ.

އަންނަ އަހަރުގެ ބަޖެޓުގައި 24.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާ ކޮށްފައިވާއިރު ޕީއެސްއައިޕީ މަޝްރޫއުތަކަށް 6.2 ބިލިއަން ރުފިޔާ އަދި ޖުމްލަ ހަރަދުގެ ގޮތުގައު 34 ބިލިއަން ހަރަދުވާނެ ކަމަށް ވަނީ ލަފާ ކޮށްފައެވެ. މި ބަޖެޓަކީ 9.7 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެކެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top