މޯލްޑިވިއަން އިން ޑޮމެސްޓިކް ދަތުރުކުރާ މީހުންގެ ތެރެއިން އޮންލައިންކޮށް ޓިކެޓް ނަގާ މީހުންނަށް ހާއްސަ ޕްރޮމޯޝަނެއް ފަށަން ތައްޔާރުވެއްޖެއެވެ.
އަންނަ އާދީއްތަ ދުވަހު ފަށާ މި ޕްރޮމޯޝަނުގެ ދަށުން އޮންލައިންކޮށް ޓިކެޓު ނަގާ މީހުންގެ ތެރެއިން އެއް ނަސީބުވެރިއަކަށް ރިޓާން ދެ ޓިކެޓް ލިބޭނެއެވެ. މި ޓިކެޓުގައި ރާއްޖޭގެ ކޮންމެ މަންޒިލަކަށް ވެސް ދަތުރުކުރެވޭނެއެވެ.
މި ޕްރޮމޯޝަނުގެ ދަށުން ޓިކެޓް ގަންނަ މީހުންގެ ތެރެއިން ކޮންމެ ދުވަހަކު ނަސީބުވެރިއަކު ހޮވާނެއެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ މަހުގެ ނިޔަލަށެވެ.






