Close

ހިތަދުއާއެކު ތިން ރަށެއްގެ ގޮނޑުދޮށް ހިމާޔަތް ކުރަން އެމްޓީސީސީއާ ހަވާލުކޮށްފި

ސ. ހިތަދޫއާއެކު ތިން ރަށެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ މިއަދު ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީން އެ ކުންފުންޏާ ހަވާލު ކުރީ ހިތަދޫގެ އިތުރުން ބ. ކެންދޫއާއި ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއެވެ. އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުންތަކުގައި ސޮއި ކުރީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. އަދި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހްމަދެވެ.

ހިތަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން އެރަށުގެ ހުޅަނގުފަރާތުން 570 މީޓަރުގެ ސަރަހައްދެއްގައި ޖިއޯޓިއުބް ރިވެޓްމެންޓެއް ގާއިމު ކޮށް 50 މީޓަރު 15 މީޓަރުގެ ސަރަހައްދެއް ފުންކޮށް، މޫދަށް އެރޭ ސަރަހައްދެއް ގާއިމުކުރުމާއި 100 މީޓަރުގެ ބޮޑުހިލައިގެ ބްރޭކްވޯޓާއެއް ގާއިމު ކުރުމުގެ މަސައްކަތް ކުރާނެއެވެ.

ކެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން އެރަށު ގިރާ ސަރަހައްދު ހިމާޔަތްކުރުމަށްޓަކައި ޖުމްލަ 803 މީޓަރުގެ 17 ބްރޭކްވޯޓާ ގާއިމު ކޮށް،!ގްރޮއިން ޖަހައި ބޮޑުހިލައިގެ ރިވެޓްމެންޓު ޖަހާނެއެވެ. އަދި 40 މީޓަރު 20 މީޓަރު ސަރަހައްދެއް ފުންކޮށް، މޫދަށް އެރޭ ސަރަހައްދުވެސް ހަދާނެއެވެ.

ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން އެރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް 490 މީޓަރުގެ 7 ބްރޭކްވޯޓާ އަދި 96 މީޓާރުގެ ރިވެޓްމެންޓު ޖެހުމުގެ މަސައްކަތް ކުރާނެއެވެ. އަދި އުތުރުފަރާތު ގޮނޑުދޮށަށް ވެލި އަޅާނެއެވެ.

ހިތަދޫގެ މަޝްރޫއު 11.64 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލު ކޮށްފައިވާއިރު، ކެންދޫގެ މަޝްރޫއު ހަވާލުކޮށްފައިވަނީ 39.99 މިލިއަން ރުފިޔާއަށެވެ. އަދި ދަރަވަންދޫ މަޝްރޫއު ހަވޅަު ކުރީ 22.14 މިލިއަން ރުފިޔާ އަށެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top