މިއަހަރު ރާއްޖެއަށް 1.3 މިލިއަން ފަތުރުވެެރިން އަތުވެއްޖެއެވެ.
1.3 މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ އައީ މިއަދު ހަވީރުއެވެ. އެއީ ރޯމޭނިއާގެ ރައްޔުތެއް ކަމަށްވާ ކޮންސްޓަންޓިން ސްޓެލިއަން އެމިލްއެވެ.
އޭނާ އައީ އާއިލާއާ އެކު ޗުއްޓީ ހޭދަކުރަން ބަނޑޮސް އައިލެންޑް ރިސޯޓަށެވެ. މި އަހަރު ރާއްޖެ އަށް އައި 1.3 ވަނަ ޓޫރިސްޓަށް އެމިލް ވުމުން އޭނާއަށް ވަނީ ހާއްސަ ހަދިޔާއެއް ދީފަ އެވެ.
އޭނާ ވަނީ މީގެ ފަސް އަހަރު ކުރިން ހަނީމޫނަށް ރާއްޖެ އައިސްފައެވެ.
ކޮންސްޓަންޓިންއަށް މަރުހަބާ ކިޔުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދާއި ޓޫރިޒަމް މިނިސްޓްރީ އަދި، އިމިގްރޭޝަނާއި އެމްއޭސީއެލްގެ އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.






