Close

މޫލީން އަހަރީ ބަންދާ ދިމާކޮށް "އިޔާ އެންޑް ސޭލް 2021" ފަށައިފި

އުރީދޫގެ އީކޮމާސް ޕްލެޓްފޯރމް މޫލީން އަހަރީ ބަންދާ ދިމާކޮށް "އިޔާ އެންޑް ސޭލް 2021" ފަށައިފި އެވެ.

ފުޅާވަމުން އަންނަ އީ ކޮމަރސް ޕްލެޓްފޯމް، މޫލީގެ އިޔާ އެންޑް ސޭލް އެ ޕްލެޓްފޯރމްގައި ވިއްކާ ޕްރޮޑަކްޓްސްއިން %40އާ ހަމައަށް ޑިސްކައުންޓް، ވިޔަފާރި ކުރައްވާ ފަރާތްތަކަށް ލިބިގެންދާނެއެވެ.

މޫލީ އިޔާ އެންޑް ސޭލްއަށް ޚާއްޞަ ސެކްޝަންއެއް އުރީދޫ އެޕް އަދި މޫލީ ވެބްސައިޓްގައި ފެނިވަޑައިގަންނަވާނެއެވެ. ސްމާޓް ފޯންއާއި ޑިޖިޓަލް އެހެނިހެން ގެޖެޓްސް މޫލީ އިޔާ އެންޑް ސޭލުން ލިބިވަޑައިގަންނަވާނެއެވެ.

މި އިޔަރ އެންޑް ސޭލަށް ކޮންމެ ނެޓްވާރކްއަކުން ވެސް ވަދެ ހެޔޮ އަގުގައި ވިޔަފާރިކޮށްލެވޭނެއެވެ. މި ސޭލް ކުރިއަށް ދާނީ 27 ޑިސެމްބަރ 2021އިން 10 ޖަނަވަރީ 2022އާ ހަމައަށެވެ. މޫލީގެ މެދުވެރިކޮށް ވިޔަފާރިކޮށްލުމުން ރާއްޖޭގެ ކޮންމެ ހިސާބަކަށް ވެސް މުޅިން ހިލޭ ޑެލިވަރކޮށްލަދޭ އިރު، ކޮންމެ ތާކު ހުރެގެން ވެސް ފެންވަރު ރަނގަޅު ތަކެތި ހެޔޮ އަގުގައި ގަނެލުމަަށް މިއީ ރަނުގެ ފުރުސަތެކެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top