އިއްޔެ އައްޑޫ ސިޓީން ކޮވިޑް-19ގެ އައު ޕޮޒިޓިވް ކޭސްއެއް ފެނިފައިނުވާކަމަށް އައްޑޫ އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން (އޭއީއޯސީ) އިން ބުނެފި އެވެ.
މިއީ މި މަހުގެ 20 ވަނަ ދުވަހަށްފަހު އައްޑޫ އިން ކޮވިޑަށް މީހަކު ޕޮޒިޓިވް ނުވި ފުރަތަމަ ދުވަހެވެ.
އައްޑޫގެ އަވަށްތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ކޮވިޑްގެ އެކްޓިވް ކޭސް މިހާރު އުޅެނީ ހިތަދޫގަ އެވެ. އެގޮތުން ހިތަދޫގައި ކޮވިޑްގެ 31 ކޭސް އުޅޭއިރު، މަރަދޫގައި 2 ކޭސް، މަރަދޫފޭދޫގައި 4 ކޭސް އަދި މީދޫގައި 3 ކޭސް އުޅޭ ކަމަށް އެ ސެންޓަރުން ހާމަކުރެއެވެ. އެއާއެކު އައްޑޫގެ މުޅި ޖުމްލަ އެކްޓިވް ކޭސްގެ އަދަދު ވަނީ 41 އަށް ދަށްވެފަ އެވެ.
އައްޑޫ ކޮވިޑް ފެސިލިޓީގައި އެކަކަށް ފަރުވާ ދެމުންދާއިރު، މި ބަލީގައި އައްޑޫ އިން ވަނީ 12 މީހަކު ނިޔާވެފައެވެ.






