ގދ. ތިނަދޫ އަށް ދިމާވެފައިވާ ކުނީގެ މައްސަލަތައް ހައްލުކުރުމަށް އެރަށު ކައުންސިލުން އެންވަޔަރަމަންޓް މިނިސްޓަރާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާއިފި އެވެ.
އިއްޔެގެ ވަގުތެއްގައި މިނިސްޓްރީ އޮފް އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް ގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި އެންވަރަމެންޓް މިނިސްޓަރ އާމިނަތު ޝައުނާ އާއި އެ މިނިސްޓްރީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންފައި ވެއެވެ. އަދި މި ބައްދަލުކުރެއްވުމުގައި ތިނަދޫގެ ކުނީގެ މައްސަލަ ހައްލުކުރުމާ ގުޅޭގޮތުންނާއި މިވަގުތު ތިނަދޫގައި ކުރިޔަށް ގެންދާ ފްލަޑްމިޓިގޭޝަން މަޝްރޫޢާ ބޭހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
އެގޮތުން މި ބައްދަލުކުރެއްވުމުގައި ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ އާއީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައެއް މެންބަރުންވެސް ބައިވެރިވެ ވަޑައިގެންފައި ވެއެވެ.
މީގެ އިތުރުން ތިނަދޫ ކައުންސިލުގެ މި ދަތުރުގައި މުހިންމު ގިނަ ކަންކަމާއި ގުޅޭގޮތުން އެކިވުޒާރާތަކާއި ބައްދަލުކުރެއްވުމަށްވެސް ވަނީ ނިންމާފައެވެ.