Close

ދިވެހިންގެ ބޭންކުން މިހާރު ގެއްލެނީ ވަކި ލާރި؟

ދިވެހިންގެ ބޭންކު ނުވަތަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް އިތުބާރު ނުކުރެވޭ ކަމަށް ބުނާ މީހުން މިއަދު ރާއްޖޭގައި މަދެއް ނޫނެވެ. އަނެއްކާވެސް ބައެއް މީހުންނަށް ދިމާވެފައި މިވަނީ މިފަދަ ކަމެކެވެ. ބައެއް މީހުންގެ އެކައުންޓުތަކުން ލާރި މަދުވާ ވާހަކަތައް މިވަނީ ފެތުރިފައެވެ.

މަދުން ނަމަވެސް ބޮޑެތި އަދަދުތަކުންނާއި ކުދި އަދަދުތަކުން އެކައުންޓުން ފައިސާ ކެނޑޭ ކަމުގެ ޝަކުވާތައް ސޯޝަލް މީޑިއާގައި ފެނެއެވެ. މިއަދު މީހަކު ކުރި ޓްވީޓެއްގައި ބުނީ އޭނާ އެކައުންޓުން ލާރި މަދުވާ ކަން ފާހަގަ ކުރެވޭ ކަމަށެވެ.

އޭނާ ކުރި ޓްވީޓުގައި ބުނީ އޭނާ އަކީ އަބަދުވެސް އެކައުންޓުގައި އީވަން ނަމްބަރުގައި ބަހައްޓާ މީހެއް ކަމަށެވެ. ނަމަވެސް މިއަދު ހޭލި އިރު 24ލާރި މަދު ކަން ފާހަަގަ ކުރެވުނު ކަމަށް އޭނާ ބުންޏެވެ. އަދި މި ފަދަ މައްސަލައެއް ފާހަގަވެ ޖޫންގައިވެސް އެކަން ބޭންކުގެ ސަމާލުކަމަށް ގެނައި ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި އެކައުންޓުން ލާރި ކެނޑުނަސް އެއްވެސް ޓްރާންސެކްޝަނަކުން އެކަން ނުފެންނަ ކަމަށެވެ.

https://twitter.com/simplemaldivian/status/1476361575715917825?t=8HlkQDeHQ365mf8ilsQjFA&s=19

މަދުވާ ލާރިއަކީ ކުޑަ އަދަދެއް ނަމަވެސް އެއީ ފައިސާއެވެ. އެހެންވެ، އެއް ލާރި މަދުވިޔަސް އެކަން ކަސްޓަމަރަށް އެންގުމަކީ މަޖުބޫރު ކަމެކެވެ. ރައްޔިތުންގެ ލާރިއަށް ރައްޔިތުންގެ ބޭންކުން އަމާނާތްތެރިވާން ޖޭހެނެއެވެ.

އެކައުންޓުން މަދު މަދުން ލާރި މަދުވާ ކަމުގެ ޝަކުވާ އިތުރު ބައެއް ވެސް ވަނީ ކޮށްފައެވެ. މީގެ ތެރެއިން އެކަކު ބުނި ގޮތުގައި އޭނާގެ އެކައުންޓުން 26 ލާރި މަދު ކަމަށެވެ. އަދި ނުބަލާ ހުންނައިރު ނޭނގި އެގޮތަށް ކިހާ ފައިސާއެއް ގެއްލިފައި ހުންނާނެތޯ ގިނަ ބަޔަލު ވަނީ ސުވާލު އުފައްދައިފައެވެ.

ބީއެމްއެލް އަކީ ރައްޔިތުންގެ ކުންފުނި ނަމަވެސް ރައްޔިތުންގެ އިތުބާރާއި ލޯބި ހޯދުމުގައި އެ ބޭންކް ވަނީ ނާކާމިޔާބުވެފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top