Close

އަހަރުގެ އެންމެ ފުރަތަމަ ފަތުރުވެރިއަކަށް ޔޫކޭގެ ރައްޔިތެއް

މި އަހަރުގެ ފުރަތަމަ ފަތުރުވެރިއަކަށް ޔޫކޭގެ ރައްޔިތަކު ވެއްޖެއެވެ.

އަހަރުގެ ފުރަތަމަ ފަތުރުވެރިޔާ ޖޯޖީނާ އަކީ މީގެ ކުރިން ވެސް އެއްފަހަރު ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވާ މީހެކެވެ. އޭނާއަށް މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ ހޫނު މަރުހަބާއެއް ކިޔައިފައެވެ.

މިދިޔަ އަހަރު ނިމުނު އިރު ރާއްޖެއަށް 1.3 މިލިއަން ފަތުރުވެރިން ރާއްޖެ އައެވެ. މި އަހަރު ދެ މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ލަފާ ކޮށްފިއެވެ.

ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން 2020ވަނަ އަހަރު ރާއްޖޭގެ ފަތުރުވެރިކަން ވަރަށް ބޮޑަށް އަސަރު ކުރިއެވެ. ނަމަވެސް މިދިޔަ އަހަރު އެ ދާއިރާ ވަނީ އަލުން ރަނގަޅުވާން ފަށައފައެވެ.

މިއަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ އަހަރެވެ. މިއަހަރު ފަހާގަ ކުރަން ގިނަ އަދަދެއްގެ ހަރަކާތްތައް ވަނީ ރާވާފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top