ގއ. މާމެންދޫ ކައުންސިލްގެ ނައިބު ރައީސް މިސްބާހް މުޖުތަބާ މަގާމުން ވަކިކޮށްފި އެވެ.
މިސްބާހު މަގާމުން ވަކިކުރީ އިއްްޔެ އޮތް އެ ކައުންސިލްގެ ބައްދަލުވުމެއްގައި އޭނާއާ ދެކޮޅަށް ނެގި އިތުބާރު ނެތްކަމުގެ ވޯޓަކުންނެވެ. އެ ނިންމުން ނިންމާފައިވަނީ ލޯކަލް ކައުންސިލްތަކުގެ އާންމު އިޖުރާއީ ގަވާއިދުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ އެއްގޮތަށް ކަމަށް ލޯކަލް ގަވާމަންޓް އޮތޯރިޓީން މިހާރު ވަނީ ކަނޑައަޅައިފައެވެ.
އެހެންކަމުން މިއަދުން ފެށިގެން އެ ކައުންސިލްގެ ނައިބު ރައިސް މިސްބާހު މަގާމުން ވަކިވެފައިވާކަމަށް އެރަށު ކައުންސިލުން ނެރުނު ބަޔާނެއްގައި ވަނީ އަންގާފައެވެ. ނައިބު ރައީސްގެ މަގާމުން ވަކިވިނަމަވެސް ކައުންސިލް މެމްބަރެއްގެ ގޮތުގައި މިސްބާހު ދެމިހުންނާނޭކަމަށް ކައުންސިލުން ބުނެއެވެ.
މިސްބާހުގެ އިތުބާރު ނެތްކަމަށް ނިންމީ ކޮން މައްސަލައަކާއި ގުޅިގެންކަމެއް އަދި ސާފެއް ނުވެއެވެ.