Close

ވައްކަމުގެ މައްސަލައަކާ ގުޅިގެން ދެމީހަކު ހޯދަނީ

ގެއަކުން ވައްކަންކޮށްފައިވާ މައްސަލައަކާ ގުޅިގެން ދެމީހަކު ހޯދަން ފުލުުުހުން އިޢުލާން ކޮށްފި އެވެ.

ފުލުހުން އާންމުކުރި ވީޑިއޯ އަކާއި އެކު ބުނެފައިވަނީ އެވީޑިއޯއިން ފެންނަ ދެމީހުންނަކީ މިދިޔަ އަހަރުގެ ޑިސެމްބަރު 21 ވަނަ ދުވަހުގެ ވަގުތެއްގައި އަލިކިލެގެފާނުމަގުގައި ހުރި ގެއެއްގެ ކޮޓަރިއަކުން ވައްކަން ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ހޯދާ ދެމީހުން ކަމަށެވެ.

ފުލުހުން ބުނީ މިއީ ގަލޮޅު ޕޮލިސްގެ އިންވެސްޓިގޭޝަނުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައިނުވާތީ ނުހޯދިފައިވާ ދެމީހުންކަމަށެވެ.

ވީޑިއޯއިން ފެންނަ ދެމީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ގަލޮޅު ޕޮލިސްގެ ނަންބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭކަމަށް ބުންޏެވެ.

https://twitter.com/policemv/status/1534122211312750592?s=21&t=vuk1a-opIGdGDwzNdUY8vw

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވާފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top