"ޕަވަރ ޓު ޕާރސުއޭޑް" ޓްރެއިނިންގ އޮފް ޓްރެއިނަރޒް ޕުރޮގުރާމުގެ ނިންމާލައިފި އެވެ.
ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުއެވެ.
"ޕަވަރ ޓު ޕާރސުއޭޑް: ލީޑަރޝިޕް އެންޑް އެޑްވޮކަސީ ޓްރެއިނިނގް ފޯރ ވުމަން ވިތް ޑިސްއެބިލިޓީސް" ޕުރޮގުރާމަކީ ސިޔާސަތުތައް އެކަށައެޅުމުގައި ނުކުޅެދުންތެރިކަން ހުންނަ އަންހެނުންގެ ބައިވެރިވުން އިތުރުކުރުމާއި ބާރުވެރިކުރުމުގެ ގޮތުން ޔޫއެސް އެއިޑްގެ އެހީތެރިކަމާއެކު ކެއަރ ސޮސައިޓީން ކުރިޔަށްގެންދާ ޕުރޮގުރާމެކެވެ.
މި ޕުރޮގުރާމް ކުރިޔަށްގެންދަނީ އައްޑޫސިޓީއާ ހދ އަތޮޅާއި ލ އަތޮޅުގެ އިތުރުން މާލެ އަތޮޅަށް އަމާޒުކޮށްގެންނެވެ.
މި ޕުރޮގްރާމުގައި ގެ ދަށުން ހިންގި ޓްރެއިނިންގ އޮފް ޓްރެއިނަރޒް ޕުރޮގުރާމުގެ ނިމުން މިއަދު ފާހަގަކޮށްފައިވާއިރު މި ޕުރޮގުރާމުގައި މިއިން ކޮންމެ ސަރަޙައްދަކުން ދެ ބައިވެރިއަކު ބައިވެރިވެއެވެ. އަދި ޓްރެއިނިންގ އޮފް ޓްރެއިނަރޒް ޕުރޮގުރާމު ފުރިހަމަ ކުރާ ފަރާތްތައް އެ ހަތަރު ސަރަޙައްދުގައި ތިބި ނުކުޅެދުންތެރިކަން ހުންނަ ޖުމްލަ 100 އަންހެނުން ތަމްރީނު ކުރުމަށް ހަމަޖެހިފައިވެއެވެ.
އެގޮތުން މި ތަމްރީނުތައް މައިގަނޑު ގޮތެއްގައި އަމާޒުކުރެވިފައިވަނީ އެ ސަރަޙައްދުތަކުގައި ތިބި ނުކުޅެދުންތެރިކަން ހުންނަ އަންހެނުންގެ ބައިވެރިވުން އިތުރުކުރުމާއި އެފަރާތްތައް ބާރުވެރިކުރުމުގެ މައްޗަށެވެ.
ޓްރެއިނިންގ އޮފް ޓްރެއިނަރޒް ޕުރޮގުރާމުގެ ނިމުން ފާހަގަކުރުމުގެ ގޮތުން މިއަދު ޗަންޕާ ސެންޓްރަލް ހޯލްގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މި ޕުރޮގުރާމުގެ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވާފައެވެ.






