Close

ރާއްޖޭގައި އެންމެ ދެކުނުގައި ރާއްޖޭގައި "ސައުތު ޕޮލިސް ކޮމާންޑާސް ކޮންފަރެންސް" ފަށައިފި

ރާއްޖޭގައި އެންމެ ދެކުނުގައި މަސައްކަތްކުރާ ފުލުހުންގެ ކޮންފަރެންސެއް ފަށައިފި އެވެ.

"ސައުތު ޕޮލިސް ކޮމާންޑާސް ކޮންފަރެންސް" ގެ ނަމުގައި ފެށި މި ކޮންފަރެންސް ކުރިއަށް ދަނީ ފުވައްމުލަކު ސިޓީގަ އެވެ.

އިއްޔެ ފެށި މި ކޮންފަރެންސް އިފްތިތާހުކޮށްދެއްވީ ފުވައްމުލަކުގެ މޭޔަރު އިސްމާއިލް ރަފީގެވެ.

ކޮންމެ އަހަރަކު ވެސް ސިލްސިލާކޮށް ބާއްވަމުން އަންނަ މި ކޮންފަރެންސަކީ ފުވައްމުލައް، އައްޑޫ، ގދ. އަތޮޅާއި ގއ އަތޮޅުގެ ކޮމާންޑަރުން އަދި ސްޓޭޝަން އިންޗާޖުން ހިމެނިގެން ކުރިއަށް ގެންދާ ކޮންފަރެންސެކެވެ.

މި ކޮންފަރެންސްގައި ކޮމާންޑަރުންނަށް ކޮމާންޑަރުންގެ މަސްޢޫލިއްޔަތު އަދާކުރުމަށްޓަކައި ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމާއި އަތޮޅުތަކުގައި ފުލުހުންގެ ޚިދުމަތްތައް ދިނުމުގައި ހުރި ދަތިތައް ދެނެގަނެ އެދަތިތައް ހައްލުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top