Close

ސައުތު ޕޮލިސް ރީޖަންގެ ފުލުހުންގެ މަހާސިންތާއެއް ބާއްވައިފި

ސައުތު ޕޮލިސް ރީޖަން (ގއ، ގދ، ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ) ގެ ފުލުހުންގެ މަހާސިންތާއެއް ބާއްވައިފިއެވެ.

މި މަހު 13 އިން 15 އަށް ފުވައްމުލައް ސިޓީގައި ކުރިއަށް ގެންދިޔަ މި މަހާސިންތާގައި، ސައުތު ޕޮލިސް ރީޖަންއަކީ އެންމެ އަމާން ރީޖަންއަށް ހެދުމަށް އެކުގައި މަސައްކަތްކުރުމަށް މުއައްސަސާގެ އަދި ސައުތު ޕޮލިސް ރީޖަންގެ ޕޮލިސިންގ އަމާޒުތަކަށް މަސައްކަތްކުރުމާ އަދި ރީޖަންގައި ފުލުހުންގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާކޮށްފައިވެއެވެ.

އެގޮތުން، އަވައްޓެރި ފުލުހުންގެ ދައުރު ހަރުދަނާކޮށް އިތުރުކުރުމަށް މަސައްކަތްކުރުން، ޒީރޯ ޑެތް އަށް އަމާޒުކޮށްގެން ރީޖަން އިން ކުރެވޭނެ ކަންތައް ދެނެގަތުން، މަސްތުވާތަކެތި ޕްރިވެންޓްކޮށް އެންފޯސްކުރުމަށް މަސައްކަތްކުރާނެ ގޮތްތައް ކަނޑައެޅުން، ގޭންގު ހަދައިގެން ހިންގާ ނުރައްކާތެރި ކުށްތައް މަދުކުރުމަށް މަސައްކަތްކުރުން، ރައްޔިތުންގެ އިތުބާރު ހޯދުމަށް ފުލުހުންދޭ ޚިދުމަތަށް ގެނެވިދާނެ ބަދަލުތައް، ވިމެންސް އީކުއަލިޓީ އިން ޕޮލިސިންގ އަދި މުވައްޒަފުންގެ މަސައްކަތުގެ މާހައުލަށް ގެނެވިދާނެ ބަދަލުތައް ދެނެގަތުމުގެ މަަސައްކަތްކޮށް މަޝްވަރާކޮށްފައިވެއެވެ.

މި މަހާސިންތާއަކީ ސައުތު ޕޮލިސް ރީޖަންގެ ރަށްތަކުގައި ޕޮލިސިންގ އަމާޒުތައް ކަނޑައަޅައި އަދި އެ އަމާޒުތަކަށް ވާސިލުވުމަށް މަސައްކަތްކުރުމަށް މަޝްވަރާކޮށް އަދި ތަޖުރިބާ ހިއްސާކުރުމަށް ކުރިއަށް ގެންދިޔަ މަހާސިންތާއެކެވެ.

މި މަހާސިންތާގައި، ސައުތު ޕޮލިސް ރީޖަން ކޮމާންޑަރ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝަމީމް، ފުލުހުންގެ ކޮމިޝަންޑު ބައެއް އޮފިސަރުން، ރީޖަންގެ އަތޮޅު ތަކުގެ ކޮމާންޑަރުން، ރީޖަންގެ އިންޓެލިޖެންސް އޮފިސަރުން، ފޮރެންސިކް އޮފިސަރުން، ޕޮލިސް ސްޓޭޝަންތަކުގެ އިންޗާޖުންނާއި އެހެނިހެން މުވައްޒަފުން ބައިވެރިވެލެއްވިއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published.

scroll to top