Close

ކަރަންޓް މީޓަރ ޓެސްޓް ކުރުމުގެ ޚިދުމަތަށް ފެނަކައިން ބޮޑު އިންގިލާބެއް

ކަރަންޓް މީޓަރ ޓެސްޓް ކުރުމުގެ ޚިދުމަތަށް ފެނަކައިން ބޮޑު އިންގިލާބެއް ގެނެސްފި އެވެ.

ރައްޔިތުންނަށް ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރާ ކަރަންޓް މީޓަރ ޓެސްޓް ކުރުން، މުޅި ރާއްޖޭގައި، އެންމެ ފަރާތަކަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް، މިހާރަށްވުރެ އަވަސް މަގުން މީޓަރ ޓެސްޓްކޮށް ރައްޔިތުންނަށް އެކަށީގެންވާ އަވަސް މިނުގައި ދެމެހެއްޓެނިވި ޚިދުމަތެއް ދެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން، ފެނަކައިން ވަނީ މީޓަރ ޓެސްޓިން ބެންޗެއް ގެނެސް އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށާފައެވެ.
މިގޮތުން، މީޓަރ ޓެސްޓް ކުރުމުގެ ޚިދުމަތް، މި މަސް ނިމުމުގެ ކުރިން ތަޢާރަފް ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފެނަކައިން ބުނެއެވެ.

މީޓަރ ޓެސްޓް ކުރުމުގެ ޚިދުމަތް ތަޢާރަފް ކުރުމުން، މިހާރު ރައްޔިތުންނަށް އެ ޚިދުމަތް ލިބޭ އަގަށްވުރެ އެތަށް ގުނައެއް އަގު ހެޔޮވެ، މިހާރު ޚިދުމަތަށް ނަގާ މުއްދަތަށް ވުރެ އަވަސްކޮށް ޚިދުމަތް ލިބި، ރައްޔިތުންނަށް ހުރިހާ ގޮތަކުން ލުއި ފަސޭހަ ވެގެންދާނެ ކަމަށް އެކުންފުނިން ބުނެއެވެ.

ކުރިއަށް އޮތް ތަނުގައިވެސް، ޔުޓިލިޓީ ޚިދުމަތްތަކުގެ ދާއިރާގައި ރައްޔިތުންނަށް ތަކްލީފަކަށް ވެފައި ހުރި ކަންކަމަށް ލުއިފަސޭހަ ޙައްލު ހޯދައިދެވޭނެ މަގު ފަހި ކޮށްދީ، ރައްޔިތުންނަށް އިތުބާރުހުރި ދެމެހެއްޓެނިވި ޚިދުމަތްތަކެއް ފޯރުކޮށްދިނުމަކީ އެކުންފުނީގެ އަމާޒެއް ކަމަށް ފެނަކައިން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published.

scroll to top