Close

ފޮރެންސިކް ސައިންސާ ގުޅޭގޮތުން ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށް މަޢުލޫމާތު ދީފި

ފޮރެންސިކް ސައިންސާ ގުޅޭގޮތުން ކުޑަހުވަދޫގައި ހުންނަ، ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށް މަޢުލޫމާތު ދީފި އެވެ.

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 11 އަދި 12 ގެ ދަރިވަރުންނަށް ފޮރެންސިކް ސައިންސާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފައިވަނީ މި މަހު 18 ވަނަ ދުވަހު އެވެ.

އެ ސެޝަނުގައި ސައިންސް އަދި ފޮރެންސިކް ސައިންސްގެ ތަފާތު، ދަރިވަރުންނަށް އޮޅުންފިލުވައިދީ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ސައިންސާއި ފޮރެންސިކް ސައިންސަކީ ކޮބައިކަމާއި ފޮރެންސިކް ސައިންސްގެ ހޯދުންތަކާ ގުޅޭ އިތުރު މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އޭގެ އިތުރުންވެސް ފޮރެންސިކް ސައިންސާ ގުޅޭގޮތުން ތަފާތު މައުލޫމާތު ހިއްސާކޮށް އަދި ދަރިވަރުން ކުރި ސުވާލުތަކާ ގުޅޭގޮތުންވެސް މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

ކުޑަހުވަދޫގައި މަސައްކަތްކުރާ ފުލުހުންނާއި ދ. އަތޮޅު ތައުލީމީ މަރުކަޒު ގުޅިގެން ކުރިއަށް ގެންދިޔަ އެ ސެޝަނުގައި މައުލޫމާތު ދެއްވީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ފޮރެންސިކް ސަރވިސަސްގެ ފުލުހުންނެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published.

scroll to top