Close

18 ރަށެއްގެ ޓޮޕޮގްރަފިކް ސަރވޭ ކުރުމާއި ލޭންޑް ޔޫޒް ޕްލޭން ހެދުމަށް ހަވާލުކޮށްފި

18 ރަށެއްގެ ޓޮޕޮގްރަފިކް ސަރވޭ ކުރުމާއި ލޭންޑް ޔޫޒް ޕްލޭން ހެދުމަށް އިޕޮކް އެސޯސިއޭޓްސް އިން އެސޯސިއޭޝަން ވިތު ޗެރެޓް ސްޓޫޑިއޯޒްއާ ހަވާލުކޮށްފި އެވެ.

އެލްޖީއޭއިން ބުނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ގެނެވުނު 8 ވަނަ އިސްލާހާއެކު ކައުންސިލްތަކުން އެކުލަވާލަންޖެހޭ ރަށުގެ ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކުރިއަށްގެންދިޔުމަށްޓަކައި، މިހާތަނަށް އެއްވެސް މިންވަރަކަށް ލޭންޑް ޔޫޒް ޕްލޭނެއްގެ މަސައްކަތް ކުރެވިފައިނުވާ ރަށްތައް ދެނެގަނެ، ލޭންޑް ޔޫޒް ޕްލޭން ހެދުމުގެ މަސައްކަތް ކުރާނެ ފަންނީ ފަރާތްތައް ހޯދާ ލޭންޑް ޔޫސް ޕްލޭން ހެދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އިއުލާނުކުރެވުނު 43 ރަށުގެ ތެރެއިން 18 ރަށެއްގެ ޓޮޕޮގްރަފިކް ސަރވޭކޮށް، ލޭންޑް ޔޫޒް ޕްލޭން ހެދުމަށް އިޕޮކް އެސޯސިއޭޓްސް އިން އެސޯސިއޭޝަން ވިތު ޗެރެޓް ސްޓޫޑިއޯޒްއާއެކު އެއްބަސްވުން އެކުލަވާލާ މިއަދު ވަނީ ހަވާލުކޮށްފައިވާކަމަށެވެ.

މި އެއްބަސްވުންތައް އެކުލަވާލައިފައިވަނީ 3 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. 3 ޕެކޭޖެއްގެ ދަށުން ހަވާލުކުރެވުނު މި 18 ރަށުގެ ލޭންޑް ޔޫޒް ޕްލޭން އެކުލަވާލުމަށް އެފަރާތާ ހަވާލު ކުރެވިފައިވަނީ ޖުމްލަ 4 މިލިއަން ރުފިޔާއަށެވެ.

ޕެކޭޖު 1
މި ޕްކޭޖުގައި ހިމެނޭ 6 ރަށުގެ ޓޮޕޮގްރަފިކް ސާވޭކޮށް ލޭންޑް ޔޫޒް ޕްލޭން އެކުލަވާލުމަށް ހަވާލުކުރެވިފައިވަނީ ޖުމްލަ 1.4 މިލިއަން ރުފިޔާއަށެވެ.
1. ހއ. މާރަންދޫ
2. ހއ. ވަށަފަރު
3. ހއ. ތަކަންދޫ
4. ހއ. މޮޅަދޫ
5. ހދ. ކުރިނބީ
6. ހދ. ހިރިމަރަދޫ

ޕެކޭޖު 2

މި ޕްކޭޖުގައި ހިމެނޭ 7 ރަށުގެ ޓޮޕޮގްރަފިކް ސާވޭކޮށް ލޭންޑް ޔޫޒް ޕްލޭން އެކުލަވާލުމަށް ހަވާލުކުރެވިފައިވަނީ ޖުމްލަ 1.4 މިލިއަން ރުފިޔާއަށެވެ.
1. ށ. ފޯކައިދޫ
2. ށ. ފޭދޫ
3. ށ. ޅައިމަގު
4. ށ. ނަރުދޫ
5. ށ. ނޫމަރާ
6. ށ. މަރޮށި
7. ށ. ކޮމަންޑޫ

ޕެކޭޖު 3
މި ޕްކޭޖުގައި ހިމެނޭ 5 ރަށުގެ ޓޮޕޮގްރަފިކް ސާވޭކޮށް ލޭންޑް ޔޫޒް ޕްލޭން އެކުލަވާލުމަށް ހަވާލުކުރެވިފައިވަނީ ޖުމްލަ 1.2 މިލިއަން ރުފިޔާއަށެވެ.
1. ރ. އަލިފުށި
2. ރ. މަޑުއްވަރީ
3. ރ. މާކުރަތު
4. ރ. ވާދޫ
5. ރ. ރަސްގެތީމު

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published.

scroll to top