Close

ހިރިލަންދޫން ޢަލީ ރަމީޒު ހައިރާން ކޮށްލައިފި

ހިރިލަންދޫން ޢަލީ ރަމީޒު ހައިރާން ކޮށްލައިފިއެވެ.

މިކަން ބަޔާން ކުރައްވައި ޢަލީ ރަމީޒު އޭނާގެ ފޭސްބުކް ޕޭޖުގައި ވިދާޅުވީ ހިރިލަންދޫން އެންމެ ހައިރާންކަން ގެނުވި މެސެޖަކީ ކޮންމެ ކަމެއްގައި ތިއްބަސް ވަގުތު ޖެހުމާއެކު ރަށުގެ ޒުވާނުން ޖަމާއަތަށް ނަމާދަށް ދިޔުން ކަމަށެވެ.

އެގޮތުން ތ.ހިރިލަންދޫ ޒުވާނުންގެ އެދުމަކަށް އެކުދީންނާ ބައްދަލު ކުރެއްވި ކަމަށާއި މި ބައްދަލު ކުރެއްވުމުގައި ނަމާދުގެ އެކިއެކި ހުކުމް ތަކާ ގުޅޭ ވަރަށް ގިނަ ސުވާލު ތައް އެ ޒުވާނުން ކޮށްފައިވާ ކަމަށެވެ.

އެ ސުވާލު ތަކަށް އައްޝައިޚް މުޖުތަބާ ހަމީދު ޖަވާބު ދެއްވަމުން ގެންދެވިއިރު އެންމެ ހައިރާންކަން ގެނުވީ ކަމަކީ ކޮންމެ ކަމެއްގައި އެކުދިން ތިއްބަސް ބަންގި ގޮވާ އިރަށް  ވަގުތުން ހުރިހާ ކުދީން ނަމާދަށް ދާ ވާހަކަ އިވުން ކަމުގައި ޢަލީ ފާހަގަ ކުރެއްވިއެވެ.

އެގޮތުން އެ ޒުވާނުން އަމިއްލައަށް ހަދާފައިވާ ހަޓްގައި ހަޓުގައި ގޭމް ކުޅެން ތިއްބަސް ނުވަތަ ކުޅިވަރު ކުޅެން ތިއްބަސް ނުވަތަ ޓީވީ ބަލަން ތިއްބަސް ބަންގި ގޮވުމާއެކު ހުރިހާ ކަމެއް ހުއްޓާލުމަށް ފަހު ވަގުތުން ބަންގިއަށް އިޖާބަދީ ހުރިހާ ޒުވާނުން ވަގުތުން ނަމާދަށް ދިޔުމަކީ ލިބުނު އެންމެ ބޮޑު ޙައިރާންކަން ކަމުގައި ޢަލީ ރަމީޒު ވަނީ ސިފަކޮށްފައެވެ.

 

ޖަމިއްޔަތުއް ސަލަދުގެ ފަރާތުން ކުރަމުން ގެންދާ ދަތުރެއްގައި ޢަލީ ރަމީޒު ތ. ހިރިލަންދުއަށް ޒިޔާރަތް ކުރައްވާފައިވާ އިރު ދަޢުވަތު ފެތުރުމުގެ މައިދާނުގައި ޢަލީ ދަނީ އިސްކޮށް ޙަރަކާތްތެރި ވަމުން ނެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top