Close

މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ފުރާވަޑައިގަންނަވައިފި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒުނާ އަހުމަދު މިއަދު ހައްޖުގެ އަޅުކަމަށް ސައުދީ އަރަބިއްޔާ އަށް ފުރާވަޑައިގެންފި އެވެ.

ރާއްޖޭން މި އަހަރު ހައްޖުގެ އަޅުކަން އަދާކުރާ އެންމެން މިހާރު ތިބީ ސައުދީގަ އެވެ. ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ތިން ގްރޫޕަކަށް ހައްޖުވެރިން ފުރި އިރު، މި އަހަރުގެ ހައްޖު ކޯޓާގެ ގޮތުގައި ރާއްޖެ އަށް ލިބުނީ 453 ފުރުސަތެވެ.

މި އަހަރު އަމީރުލްހައްޖުގެ މަގާމަށް ސަރުކާރުން ކަނޑައެޅީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އެވެ. އޭނާ ސައުދީ އަށް ފުރާވަޑައިގެންނެވީ އިއްޔެ އެވެ. މިނިސްޓަރާ އެކީ އަނބިކަނބަލުން ވެސް ފުރާވަޑައިގެންނެވި އެވެ

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top