މާލޭގައި ދެކާރާއި، ބަހެއްޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
މި އެކްސިޑެންޓްގައި ދެކާރެއް ޖެހި އެއްކާރު ވިއްސައިގެންގޮސް ޖެހިފައިވަނީ އެމްޓީސީސީގެ ބަހެއްގައެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ދުވާ ޓްރެކާދިމާ ބޮޑުތަކުރުފާނު މަގުގައެވެ.
މި އެކްސިޑެންޓްގައި ބަހުގައި ޖެހުން ކާރު އެއްކޮށް ފުނޑުފުނޑުވެފައިވާއިރު، ބަހުގެ ކުރީކޮޅުވެސްވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. އަދި އެކްސިޑެންޓްގައި ޖެހުން އަނެއް ކާރަށްވެސް އެކިވަރުގެ ގެއްލުން ލިބިފައިވެއެވެ.
ބަހުގައި ޖެހުން ކާރުގައި ތިބި މީހުން ކާރުން ނެރުނީ ކާރު ކަފާލައިގެންނެވެ. އެމީހުން މިހާރުވަނީ އައިޖީއެމްއެޗަށް ގެންގޮސްފައެވެ. ކާރުގައި ތިބީ ކިތައް މީހުންކަމެއް އަދި ސާފެއް ނުވެއެވެ. ނަމަވެސް އެތަނުން އެކަކު އެމްބިއުލާންސަށް އެރުވިއިރުވެސް ނޭވާ ނުލާކަމަށް މަންޒަރު ދުށް މީހަކު ބުންޏެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ 4 މީހަކަށް އަނިޔާވިކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށެވެ.






