Close

ކާމިޔާބީ އާ ހަމައަށް ވާސިލުވުމަށް ގަދައަޅާ މަސައްކަތް ކުރުމަށް މެޑަމް ފަޒުނާ އެދިވަޑައިގެންފި

ކާމިޔާބީ އާ ހަމައަށް ވާސިލުވުމަށް ގަދައަޅާ މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު އެދިވަޑައިގެންފި އެވެ.

އެކަމަނާ މިފަދައިން އެދިވަޑައިގެންނެވީ ސައުތު އޭޝިއަން ބާސްކެޓްބޯލް އެސޯސިއޭޝަން (ސާބާ) ގެ ވިމަންސް ޗެމްޕިއަންޝިޕް 2022" ގައި ވާދަކުރާ އަންހެން ޤައުމީ ބާސްކެޓްބޯޅަ ޓީމާއި ބައްދަލުކުރައްވައި ޓީމަށް ހިތްވަރު ދެއްވުމަށް ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ.

ސޯސަލްސެންޓަރުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި އެކަމަނާ ވަނީ ކުޅިވަރުގެ މައިދާނުގައި އެކަމަނާގެ އަމިއްލަފުޅު ތަޖުރިބާއިން ބައެއް ވާހަކަފުޅުތައް ޙިއްޞާކުރައްވާފަ އެވެ. އަދި ޓީމުގެ މެންބަރުން މުބާރާތުގައި ކާމިޔާބީއާ ހަމައަށް ވާސިލުވުމަށް ގަދަ އަޅައި މަސައްކަތްކުރުމަށް ހިތްވަރުދެއްވައި މުބާރާތުގައި ކާމިޔާބީއަށް އެދިވަޑައިގެންނެވި އެވެ.

މި މުބާރާތަކީ ޓީމަށް ލިބިގެންދާނެ ރަނގަޅު ތަޖުރިބާއަކަށް ވާނެކަމަށް އުންމީދުކުރައްވާކަމުގައި ވެސް އެކަމަނާ ވިދާޅުވި އެވެ. އަދި އެކަމަނާ ވަނީ ޓީމުގެ ފަރިތަކުރުންތައް ސޯސަލްސެންޓަރުގައި ކުރިޔަށްދިޔަގޮތް ބައްލަވާލައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ޓީމުގެ ފަރާތުން ވަނީ އެޓީމުން މި މުބާރާތުގައި ބޭނުންކުރާ ޖާޒީއެއް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް ވެދުމަށް އަރުވާފަ އެވެ.

ސާބާގެ އަންހެން ބާސްކެޓް ބޯޅަ މުބާރާތް 2022 ކުރިޔަށްދާނީ ސެޕްޓެންބަރު 25–30 އަށް ސޯސަލްސެންޓަރުގަ އެވެ. މިއީ ބައިނަލްއަޤްވާމީ އަންހެން ބާސްކެޓް ބޯޅަ މުބާރާތް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top