Close

ސާބާ އަންހެން ބާސްކެޓް ބޯޅަ މުބާރާތް ފެށުމުގެ ރަސްމިއްޔާތު ރައީސް ސާލިހުގެ ދެކަނބަލުން ޝަރަފްވެރިކޮށްދެއްވައިފި

ސައުތު އޭޝިއަން ބާސްކެޓްބޯލް އެސޯސިއޭޝަން (ސާބާ)ގެ އަންހެން ބާސްކެޓް ބޯޅަ މުބާރާތް 2022ގެ ފެށުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ޝަރަފުވެރި ކޮށްދެއްވައިފި އެވެ.

ސާބާގެ އަންހެން ބާސްކެޓް ބޯޅަ މުބާރާތް 2022 ކުރިޔަށްދަނީ މި ސެޕްޓެންބަރު މަހުގެ 25 – 30 އަށް ސޯސަލްސެންޓަރުގަ އެވެ. މި މުބާރާތުގައި ރާއްޖެ ހިމެނޭހެން މި ސަރަޙައްދުގެ 4 ޓީމަކުން ބައިވެރިވެ އެވެ. މިއީ ބައިނަލްއަޤްވާމީ އަންހެން ބާސްކެޓް ބޯޅަ މުބާރާތެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ.

މި މުބާރާތް ފެށުމުގެ ގޮތުން މިރޭ ސޯސަލްސެންޓަރުގައި ކުޅުނު ފުރަތަމަ މެޗުގައި ދިވެހިރާއްޖޭގެ ޤައުމީ އަންހެން ބާސްކެޓް ބޯޅަ ޓީމާ ބައްދަލުކުރީ ނޭޕާލުގެ ޓީމެވެ.

ރޭގެ މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ބައެއް ވަޒީރުންނާއި ކުޅިވަރުގެ ދާއިރާގެ އިސްފަރާތްތަކާއި ދިވެހި ސަޕޯޓަރުން ރޭ ރާއްޖޭގެ ޤައުމީ އަންހެން ޓީމާއި ނޭޕާލްގެ ޓީމު ބައްދަލުކުރި މެޗް ބަލާލުމަށާއި ދިވެހިޓީމަށް ހިތްވަރުދިނުމުގެ ގޮތުން ސޯސަލްސެންޓަރުގައި ތިއްބެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top