މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ އިސްމާއިލް ބިން މޫސާ (މުފްތީ މެންކް) ގެ ދަރުސްތަކެއް އަންނަ އޮކްޓޯބަރ މަހު ބާއްވަން އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.
އެ މިނިސްޓްރީން ވިދާޅުވީ އެ ދަރުސްތައް ދެއްވުމަށް މުފްތީ މާލެ ވަޑައިގަންނަވާނީ މި ފެށޭ އޮކްޓޯބަރ މަހު ކަމަށެވެ. އަދި މި ދަތުރު ގައި މުފްތީ މެންކް ރާއްޖެ ވަޑައިގަންނަވާނީ އަންނަ މަހު 28 އިން 31 އަށް ކަމަށެވެ.
މުފްތީގެ މި ދަތުރުފުޅުގައި މާލެ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީ ގައި ދަރުސް ދެއްވާނެ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ވިދާޅިވި އެވެ.
އެހެންނަމަވެސް އެ ދަތުރާ ގުޅޭ އިތުރު ތަފުސީލެއް އަދިހާމައެއް ނުކުރައްވަ އެވެ.
ދީނީ ދަރުސް ދެއްވުމުގައި ދުނިޔޭގެ ގިނަ ބައެއްގެ ލޯތްބާއި އިހްތިރާމް ހޯއްދަވާފައިވާ މުފްތީ މެންކް ވަނީ 2015 އަދި 2016 ވަނަ އަހަރު ވެސް ރާއްޖެ ވަޑައިގެން އެކި މައުލޫތަކަށް ދީނީ ދަރުސް ދެއްވާފަ އެވެ. އެ ދަރުސްތަކަށް އާންމުންގެ ބޮޑު ތަރުހީބެއް ވެސް ވަނީ ލިބިފަ އެވެ.







