Close

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ފުލުހުން ހޯދަން ފަށައިފި

ޝަހީދު ހުސައިން އާދަމް ބިލްޑިންގ

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަކަމަށް އެ އިދާރާއިން ވިދާޅުވެއްޖެ އެވެ.

ފުލުހުން ވިދާޅުވީ މި ތަކެއްޗަކީ ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗާއި، ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެތި ކަމަށެވެ. އަދި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށް ވެސް ފުލުހުން ވިދާޅުވެ އެވެ.

އެގޮތުން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެއްޗަކީ:

ގަލޮޅު ޕޮލިސް ސްޓޭޝަން

ސެޕްޓެމްބަރ 8 ވަނަ ދުވަހު މެދުޒިޔާރަތް މަގުން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ދޫނި ކޮއްޓެއް. އިންސިޑެންޓް ނަންބަރ 533445

ސެޕްޓެމްބަރ 15 ވަނަ ދުވަހު ސިއްކަ ގޯޅިން ފެނިފައިވާ ވެރިއަކުނެތް ކެމެރާ ސްޓޭންޑަކާއި ކެމެރާ ހަތަރު ލައިޓާއި އޭގެ ސްޓޭންޑް. އިންސިޑެންޓް ނަންބަރ 534233

ސެޕްޓެމްބަރ 15 ވަނަ ދުވަހު ޓެކްސީއަކުން ފެނިފައިވާ ވެރިއަކުނެތް އިންކޯ ބްރޭންޑުގެ ބުރުމާއެއް. އިންސިޑެންޓް ނަންބަރ 534259

ސެޕްޓެމްބަރ 17 ވަނަ ދުވަހު ބޮޑުތަކުރުފާނު މަގު، ހުސައިން އާދަމް ބިލްޑިންގ ކައިރިން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ އިއަރ ބަޑެއް. އިންސިޑެންޓް ނަންބަރ 534382

ސެޕްޓެމްބަރ 20 ވަނަ ދުވަހު އެއް ނަމްބަރު ފާލަން ކައިރިން ފެނިފައިވާ ސާމާނުތަކެއް އަޅާފައިހުރި ވެރިއަކުނެތް ކޮތަޅެއް. އިންސިޑެންޓް ނަންބަރ 5334690

މި ތަކެތީގެ ވެރިފަރާތުން 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.

މާފަންނު ޕޮލިސް ސްޓޭޝަން

ސެޕްޓެމްބަރ 9 ވަނަ ދުވަހު ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާކަމަށް ބެލެވޭ ދެ ދަޅު ކޮފީ (ނެސްކެފޭ ބޮޑު ދަޅު). އިންސިޑެންޓް ނަންބަރ 533590

ސެޕްޓެމްބަރ 18 ވަނަ ދުވަހު އާންމު ފަރާތަކުން މަގުމަތިން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ފައިސާތަކެއް. އިންސިޑެންޓް ނަންބަރ 534448

ސެޕްޓެމްބަރ 19 ވަނަ ދުވަހު އިންޑަސްޓްރިއަލް ޒޯން ތެރެއިން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ޕިކަޕު ބެޓެރިއެއް. އިންސިޑެންޓް ނަންބަރ 534550

ސެޕްޓެމްބަރ 20 ވަނަ ދުވަހު ފިނޭންސް މިނިސްޓްރީ ކައިިރިން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ 500 ރުފިޔާ. އިންސިޑެންޓް ނަންބަރ 534645

މި ތަކެތީގެ ވެރިފަރާތުން 9660183 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު މާފަންނު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top