Close

ލާމަސީލު ލާމު އަތޮޅު ޤުރުއާން ކިޔެވުމުގެ 12 ވަނަ މުބާރާތް ފަށައިފި

ލާމަސީލު ލާމު އަތޮޅު ޤުރުއާން ކިޔެވުމުގެ 12 ވަނަ މުބާރާތް ފަށައިފި އެވެ.

މިއީ ހައްދުންމަތީ އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ މުބާރާތެކެވެ.

މިއަހަރުގެ މުބާރާތް ލ. ގަމު އިހައްދޫ ސްކޫލުގައި ކުރިއަށްދާ މި މުބާރާތުގައި އެ އަތޮޅުގެ 13 ސުކޫލުގެ ތެރެއިން 12 ސުކޫލަމުން 146 ދަރިވަރުން ވާދަކުރެ އެވެ.

އެގޮތުން މި މުބާރާތުގައި ވާދަކުރަނީ އިސްދޫ ސްކޫލު، އިސްދޫ ކަލައިދޫ ސްކޫލް، ދަނބިދޫ ސްކޫލް، ލ. އަތޮޅު މަދަރުސާ، އިހައްދޫ ސްކޫލް، ހަމަދު ސްކޫލް، މުކުރިމަގު ސްކޫލް، ލ. އަތޮޅު ތަޢުލީމީ މަރުކަޒު، މާވަށު ސްކޫލް، މާމެންދޫ ސްކޫލް، ހިތަދޫ ސްކޫލު އަދި ކުނަހަންދޫ ސްކޫލުން ނެވެ.

މި މުބާރާތުގެ ނަތީޖާ ފާޅުކުރުން އޮންނާނީ އޮކްޓޫބަރު 1 ވަނަ ދުވަހު ހެނދުނު އެވެ.

މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި އަތޮޅު ކައުންސިލުގެ ރައީސް އިސްމާޢީލް ޢަލީ ވިދާޅުވެލެއްވީ މި މުބާރާތަކީ އަތޮޅުގެ ދަރިވަރުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބިޖައްސާ ޤުރުއާނުގެ އިލްމު އުނގަންނައިދިނުމުގެ މަޤުސަދުގައި ބާއްވާ މުބާރާތެއް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top