ގދ. މަޑަވެލި ޓީއެސް ދޯނިން 57 ޓަނަށް ވުރެ ގިނަ މަސް ބާނައިގެން ރެކޯޑެއް ހަދައިފި އެވެ.
މިފްކޯ އިން ވިދާޅުވީ މަޑަވެލީ ޓީއެސް ދޯނިން 57.152 ޓަނުގެ މަސް ކިރާ އެއް ދުވަހުގެ ތެރޭގައި އެންމެ ގިނަ މަސް ބޭނުމުގެ ރެކޯޑް އާ ކޮށްފައިވާ ކަމަށެވެ. އެ ދޯނިން ހެދީ ދޮށީގެ މަސްވެެރިކަމުގެ ރިކޯޑެއް ކަމަށް ވެސް މިފްކޯ އިން ވިދާޅުވި އެވެ.
މީގެ އިތުރުން އެ ދޯނިން ކިރި މަަހަށް ލިބުނު އާމްދަނީއަކީ 971،584 ރުފިޔާ ކަމަށް ވެސް މިފްކޯ އިން ވިދާޅުވި އެވެ.
އެހެންކަމުން އެ ދޯނީގެ ފަޅުވެރިންނާއި ކެޔޮޅު ކުރި ހިތްވަރަށް އެ ކުންފުނިން ވަނީ އައްސަރި ބަހާއި ސާބަސް ދަންނަވާފަ އެވެ.
މިފްކޯ އިން ވިދާޅުވީ އެ ދޯންޏަކީ މިދިޔަ އަހަރު ވެސް އެންމެ ގިނަ އަދަދަކަށް މިފްކޯއަށް މަސްކިރި ދޯނި ކަމަށާއި އެގޮތުން މިދިޔަ އަހަރު އެ ދޯނިން 1095.805 ޓަނުގެ މަސް މިފްކޯއަށް ކިރާފައިވާ ކަމަށެވެ.
މިދިޔަ ޑިސެމްބަރު މަހުގައި އެ ދޯނިން 49.9 ޓަނު ކޫއްޑޫއަށް ކިރާފައިވާއިރު މިދިޔަ ނޮވެމްބަރުމަހު ހަފްތާއެއްހާ ދުވަސް ތެރޭގައި އެދޯނިން 105 ޓަނުގެ މަސް ބޭނި ކަމަށް މައުލޫމާތުތައްވެސް ވަނީ ލިބިފަ އެވެ.






