ގދ. ގދ. ތިނަދޫ "ފަހިމަގު" މަސްދޯނި އެރަށު ނެރުމައްޗަށް އަރައިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއިން އެހީތެރިވެދީފި އެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ “ފަހިމަގު” މަސް ދޯންޏެއް، ގދ. ތިނަދޫ ނެރުމައްޗަށް އަރައިގެން އެމްއެންޑީއެފް ކޯސްޓްގާޑުގެ އެހީތެރިކަމަށް އެދިފައިވަނީ ރޭ 20:40 ހާއިރު ކަމަށެވެ. އަދި ހާދިސާގެ ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ފޯތު ސްކޮޑްރަންގެ ސިފައިން އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.'
އެގޮތުން ދޯނީގެ ނަގިލި ލުމުގައި އެހީތެރިކަން ފޯރުކޮށްދީ، ދިޔަވަރު ބޮޑުވުމުން ދޯނި ފުންކުރުމުގެ މަސައްކަތް ފަށައި، ރޭ 01:10 ހާއިރު އެ ދޯނި ވަނީ ފުންކުރެވިފައި ކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ.
މި ހާދިސާ ހިނގިއިރު އެ ދޯނީގައި 15 މީހުން ތިބިނަމަވެސް އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް ވެސް އެމްއެންޑީއެފް އިން ވިދާޅުވި އެވެ.







