ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް (އޭއެސްއެމްއެޗް) ގެ އައު އޯޕީޑީން ޚިދުމަތްދޭން ފަށައިފި އެވެ.
އެ ހޮސްޕިޓަލުގައި އަލަށް އިމާރާތް ކުރި އޯޕީޑީ އިމާރާތަކީ ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ.
އެ ހޮސްޕިޓަލުގެ އޯޕީޑީ އިމާރާތާއި ވިއްސާ ކޮޓަރި ހުންނަ އިމާރާތް އެޅުމާއި އިމަރޖެންސީ ރޫމް މަރާމާތު ކުރުމުގެ ބޮޑު މަޝްރޫއު މަސައްކަތް އެމްޓީސީސީން ފަށާފައިވަނީ މިދިޔަ އަހަރުގެ ތެރޭގަ އެވެ.
މިއީ އެ ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ގެނައުމުގެ ގޮތުން ސަރުކާރުން 33.5 މިލިއަން ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ.







