Close

122 ދަރިވަރުންނާއެކު މާލެއަތޮޅު ކައުންސިލްގެ 11 ވަނަ ޤުރުއާން ކިޔެވުމުގެ މުބާރާތް ފަށައިފި

122 ދަރިވަރުންނާއެކު މާލެއަތޮޅު ކައުންސިލްގެ 11 ވަނަ ޤުރުއާން ކިޔެވުމުގެ މުބާރާތް ފަށައިފި އެވެ.

މިއަހަރުގެ މުބާރާތުގައި މާލެ އަތޮޅުގެ 09 ރަށުން ކުދިން ބައިވެރިވިއިރު، މި މުބާރާތް މިއަހަރު ކުރިއަށް ގެންދަނީ ކ. ކާށިދޫގަ އެވެ.

އޮކްޓޯބަރ 1 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި މުބާރާތުގައި ބަލައިގެން ކިޔެވުމުގެ ބައިންނާއި ނުބަލައި ކިޔެވުމުގެ ބައިން 05 ކީސްޓޭޖުން 122 ދަރިވަރުން ވާދަކުރެ އެވެ.

މި މުބާރާތަށް ކުދިން ހޮވާފައިވަނީ އެ އަތޮޅުގެ ރަށްރަށުގައި ރަށުފެންވަރުގައި ބޭއްވި ގުރުއާން ކިޔެވުމުގެ މުބާރާތްތަކުން ނެވެ.

ޤައުމީ ގުރުއާން ކިޔެވުމުގެ މުބާރާތުގައި އެ އަތޮޅު ތަމްސީލްކުރާނީ މި މުބާރާތުގައި ވާދަކޮށް ވަނަވަނައަށް އަންނަކުދިންގެ ތެރެއިން ހޮވޭ ދަރިވަރުން ނެވެ.

މި މުބާރާތުގެ ފަނޑިޔާރުކަން ކޮށްދެއްވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަނޑިޔާރުން ނެވެ.

ވޭތުވެދިޔަ 03 އަހަރު ވެސް މާލެ އަތޮޅު އަތޮޅު ކައުންސިލްގެ ޤްރުއާން ކިޔެވުމުގެ މުބާރާތުގެ 01 ވަނަ ހޯދާފައިވަނީ ކ. ހުރާ ސްކޫލުން ނެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top