Close

ދިރާގުގެ 34 ވަނަ އަހަރީ ދުވަހުގެ މުނާސަބާގައި ކަސްޓަމަރުންނަށް ޚާއްސަ އޮފަރތަކެއް!

ދިރާގުގެ 34 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ތަފާތު ޚާއްސަ އޮފަރތަކެއް ނެރެފި އެވެ.

އަހަރީ ދުވަހުގެ މުނާސަބަތުގެ އިތުރުން ކަސްޓަމަރުންނަށް ޝުކުރު އަދާކުރުމުގެ ގޮތުން ހުޅުވާލެވިފައިވާ މި 2 އޮފާރވެސް އޮކްޓޫބަރު މަސް ނިމުމާއި ހަމައަށް ކުރައަށްދާނެ އެވެ.

  • 125ޖީބީ އެންމެ 125 ރިފުޔާއަށް: ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށްވެސް ނެގޭ މި އެޑް-އޮން އެކްޓިވޭޓް ކުރުމުން ފެށިގެން 5 ދުވަހުގެ މުއްދަތަށް ބޭނުންކުރެވޭނެ އެވެ.
  • އިތުރު ޑެއިލީ ޑޭޓާ އޮފަރ: މި އޮފާރގެ ދަށުން އަމިއްލަ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ސަޅި ޑެއިލީ ޕްލޭންސްގެ ދަށުން ދެގުނަ ޑެއިލީ ޑޭޓާ ލިބޭނެއެވެ. ހަމަ ކުރިއެކޭ އެއްއަގެއްގައި ކަސްޓަމަރުންނަށް މިހާރު ކަސްޓަމަރުންނަށް ސަޅި 90 ޕްލޭންއިން ދުވާލަކު 2ޖީބީ ޑެއިލީ ޑޭޓާ، ސަޅި 150 ޕްލޭންއިން ދުވާލަކު 4ޖީބީ ޑެއިލީ ޑޭޓާ އަދި ސަޅި 210 ޕްލޭންއިން ދުވާލަކު 6ޖީބީ ޑެއިލީ ޑޭޓާ ލިބޭނެއެވެ.

މިހާރު މި ދެ އެޑް-އޮން ވެސް ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު ދިރާގު އެޕް https://bit.ly/Dhiraagu-App މެދުވެރިކޮށް ނެގޭނެ އެވެ.

މީގެ އިތުރުން ވެސް އެ ކުންފުނީގެ ސޯޝަލް މީޑިއާގައި ޚާއްސަ ގުރުއަތެއް ވެސް ތަޢާރަފުކޮށްފައިވާއިރު، މީގެ ދަށުން 7 ނަސީބުވެރިއަކަށް 'އައުކޭ ޓްރޫ ވަޔާރލެސް އެއާރބަޑް' ހޯދުމުގެ ފުރުޞަތު ލިބޭނެ އެވެ.

މިގޮތުން ދިރާގުން އެބޭފުޅެއްގެ ދިރިއުޅުމަށް ގެނައި ފާގަތިކަމަކީ ކޮބައިކަން އެކުންފުނީގެ ފޭސްބުކް، ޓްވިޓާރ ނުވަތަ އިންސްޓަގްރާމް ޕޭޖުގައި ކޮމެންޓްކޮށްލައިގެން މި ގުރުއަތުގައި ބައިވެރިވެލެވޭނެ އެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަކޮށް، ގިނަ އަގުހުރި އޮފަރތަކަކާއިއެކު ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top