Close

ރަސްމީ ދަތުރުފުޅެއްގައި ނައިބު ރައީސް ރ. އަތޮޅުގެ ބައެއް ރަށްރަށަށް ފުރާވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްރަށަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފި އެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅުގައި ވަޑައިގަންނަވާނީ އެއަތޮޅު އިނގުރައިދޫ، އިންނަމާދޫ، މާކުރަތު އަދި ދުވާފަރަށެވެ. އަދި އެ އަތޮޅު ވަންދޫއަށް ވެސް ޒިޔާރަތް ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މިރަށްރަށަށް ވަޑައިގެން އެރަށްރަށުގެ ކައުންސިލްތަކާއި، އ.ތ.މ ކޮމިޓީތަކާއި ބައްދަލުކުރައްވައި، ސިއްޙީމަރުކަޒުތަކަށާއި، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރަތްކުރައްވާނެ އެވެ.

މީގެ އިތުރުން ރ.ދުވާފަރުގައި އޮންނަ "ރ. ޓޫރިޒަމް އެކްސްޕޯ 2022" ގެ އެވޯޑު ދިނުމުގެ ޙަފްލާގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ރ. އަތޮޅަށް ކުރައްވާ މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރިމާލެ ވަޑައިގަންނަވާނީ މާދަމާ އެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top