Close

ފޮނަދޫ މަގުހެދުމުގެ މަސައްކަތުގެ ބޮޑުބައި ނިމެނީ

ލ. ފޮނަދޫ މަގުހެދުމުގެ މަޝްރޫޢުގެ (ދެވަނަ ފިޔަވަހީ) ގެ ދަށުން، މިހާރު ކުރިޔަށް ދަނީ ސެޓްލްމަންޓް ޓޭންކް ބެހެއްޓުމުގެ މަސައްކަތް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެ އެވެ.

އެ ކުންފުނިން ވިދާޅުވީ މި މަޝްރޫއުގައި ހިމެނޭ ފެން ހިންދާ ނިޒާމުގެ ހޮޅި އެޅުމުގެ މަސައްކަތުގެ %93 މަސައްކަތާއި މަގުމަތީ ދުވާރު ހެދުމުގެ މަސައްކަތުގެ %53 މަސައްކަތް ފުރިހަމަކުރެވިފައި ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 27،179 އަކަ މީޓަރުގެ ދުއްވާ ސަރަޙައްދެއް ޤާއިމުކުރުމާއި، 10،392 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއި، ފެންހިންދާ ނިޒާމު ޤާއިމުކުރުމަށް ވަނީ ނިންމާފަ އެވެ.

53.9 މިލިއަން ރުފިޔާގެ މި މަޝްރޫޢުގައި މަގުމަތީ ނިޝާން ހަރުކުރުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނެ އެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top