ސެންޓްރަލް އޭރިއާ ކޮމާންޑްގެ ކޮމާންޑަރ، ލ.ގަން ކައުންސިލާ ބައްދަލު ކުރައްވައިފި
އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ކޮމާންޑަރ، ކާނަލް އަޙްމަދު ފާތިޚް، ލ.ގަން ކައުންސިލާ ބައްދަލުކުރައްވައިފިއެވެ.
މިއަދު ލ.ގަން ކައުންސިލް އިދާރާގައި ކުރިއަށްދިޔަ ބައްދަލުވުމުގައި ކައުންސިލްތަކާ ގުޅިގެން ކުރިއަށް ގެންދެވިދާނެ ސިވިލް މިލިޓަރީ ހަރަކާތްތަކާ ބެހޭ ގޮތުން ދެ ފަރާތުން ވަނީ މަޝްވަރާކުރައްވާފައެވެ. އަދި ސިފައިން ދެމުންދާ ސީ އެމްބިއުލާންސްގެ ޚިދުމަތާ ގުޅޭ ގޮތުން ވެސް ވަނީ ކައުންސިލާ މަޢުލޫމާތު ހިއްސާ ކުރައްވާފައެވެ.
މި ބައްދަލުވުމުގައި ލ.ގަން ކައުންސިލްގެ ރައީސް އަޙްމަދު ޒަކީއާއި އެ ކައުންސިލްގެ މެންބަރުން ބައިވެރިވެލެއްވިއެވެ. އަދި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ސާޖަންޓް މޭޖަރ، ސާޖަންޓް މޭޖަރ އަޙްމަދު މުޖުތަބާއާއި އެމްެއެންޑީއެފް ކޯސްޓްގާޑު ތާޑް ސްކޮޑްރަންގެ ކޮމާންޑަރ ފަސްޓް ލެފްޓިނެންޓް ޙުސައިން ރިފާޢުގެ އިތުރުން ކޮމްޕޯނަންޓްތަކުގެ ސީނިއަރ އެންލިސްޓެޑް ލީޑަރުން ބައިވެރިވެލެއްވިއެވެ.






