Close

ދާންދޫ ބަނދަރު ތަރައްގީކުރުން ބޮޑުބައިނިމި، މަސައްކަތް ކުރިއަށް

ގއ. ދާންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، މިހާރު ކުރިއަށްދަނީ އެއްގަމު ތޮށީގެ ބްލޮކް ޖެހުމުގެ މަސައްކަތް ކަމަށް އެ މަސައްކަތްކުރާ ކުންފުނި، އެމްޓީސީސީން ވިދާޅޫވެއްޖެ އެވެ.

އެ ކުންފުނިން ވިދާޅުވީ މި މަޝްރޫއުގެ ދަށުން އެއްގަމު ތޮށީގެ ކޮންކްރީޓް މަސައްކަތް ވެސް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން 52،099 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި ބަނދަރު ފުންކޮށް، 4953 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމަށް ވަނީ ނިންމާފަ އެވެ. އަދި 30 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖަހައި، 333 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލައި، 170 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖަހާނެ އެވެ.

މީގެ އިތުރުން 529 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށިލައި 1203 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ހިމެނޭ މި މަޝްރޫޢަކީ 70.8 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top