Close

ދިވެހިންގެ ފަންނުވެރިކަން ދައްކާލުމަށް އެސްޓީއޯ "ހެއްޔާ މަކިޓާ މުބާރާތް" - ދޫކޮށްލާވަރެއް ނޫން!

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން މަކިޓާ ޕަވަޓޫލްސް ބޭނުން ކޮށްގެން ދިވެހިންގެ ފަންނުވެރިކަން ދައްކާލުމަށް ފުރުސަތު ލިބިގެން ދާނެ މުބާރާތެއް ހުޅުވާލައިފި އެވެ.

"ހެއްޔާ މަކިޓާ މުބާރާތް 2022" ގެ ނަން ދީފައިވާ މި މުބާރާތަކީ ހެއްޔާ މަކިޓާ ޕުރޮމޯޝަން އާއި ގުޅުވައިގެން އެއް މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މުބާރާތެކެވެ. މުޅި ރާއްޖެއަށް ހުޅުވާލާފައިވާ މި މުބާރާތުގައި ބައިވެރި ކުރާ ތަކެތީގެ ވީޑިއޯއެއް ކޮންމެ މަސައްކަތްތެރިޔަކު ވެސް ހުށައަޅަން ޖެހެ އެވެ.

އެސްޓީއޯ އިން ވިދާޅުވީ މިފަދަ މުބާތެއް ބޭއްވުމުގެ މަގުސަދަކީ ވަޑާމުގެ މަސައްކަތަކީ ދިވެހިން އިހުޒަމާނުއްސުރެ ކުރަމުންދާ މަސައްކަތަކަށް ވެފައި، އަދި ވާދަ ވެރި މާހައުލެއްގައި މަސައްކަތްތަށް އެއްފުރާޅެއްގެ ދަށުންދާކާލުމުގެ ފުރުސަތު މަސައްކަތްތެރިންނަށް ހޯދައިދިނުން ކަމަށެވެ. އަދި އެ ކުންފުނީގެ މަގުސަދަކީ މިދާއިރާއިން ވީހާވެސް ގިނަ ފަންނުވެރިން މުޖުތަމުއުއަށް ނެރެދިނުމާއި އެފުރުސަތު މަސައްކަތްތެރިންނަށް ހޯދައިދިނުން ކަމަށެވެ.

މި މުބާރާތުގެ ގަވާއިދު އެކުލަވާލާފައިވާ ގޮތަށް ބަލާއިރު، މުބާރާތުގައި ބައިވެރިވެވޭނީ ހަމައެކަނި ދިވެހިންނަށެވެ. އަދި މުބާރާތުގައި ބައިވެރި ކުރާތަކެތި ފަރުމާކުރަން ޖެހޭނީ މަކިޓާ ޕަވަޓޫލްސް ބޭނުން ކޮށްގެން ނެވެ. 

މީގެ އިތުރުން މުބާރާތުގައި މަކިޓާ ޓޫލްސް ބޭނުންކުރަން ވާނެ ކަމަށާއި މުބާރާތުގައި ބައިވެރި ކުރާ އައިޓަމް ފަރުމާކުރަން ވާނީ އެންމެ ކުޑަވެގެން 2 ފޫޓު 4 ފޫޓު އަދި އެންމެ ބޮޑުވެގެން 4 ފޫޓް 5 ފޫޓަށް ކަމަށް ވަނީ ބުނެފަ އެވެ. އަދި ބައިވެރި ކުރާ ތަކެއްޗަކީ ބުދު ފަދަ އިސްލާމްދީނާއި ދިވެހި ސަގާފަތުގެ ހުރުމަތް ކެނޑޭފަދަ ތަކެއްޗައް ވެގެން ނުވާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

ހަމަމިއާއެކު މުބާރާތުގައި ފަރުމާކުރާ ކޮންމެ އައިޓަމެއް ތައްޔާރު ކުރާ 1 މިނެޓްގެ ވީޑިއޯއެއް ހުށައަޅަންވާނެއެވެ. (މި ވީޑިއޯގައި މަކީޓާ ޕަވާޓޫލްސް ބޭނުންކުރާ ތަންފެނިގެންދާންޖެހޭނެއެވެ) ކަމަށާއި މި މުބާރާތުގެ ބައިވެރިން ހުށައަޅާ ވީޑިއޯ 1080 ޕީ ކޮލިޓީގެ (އެޗް ޑީ) އަށް ވުރެ ދަށްވެގެންނުވާނެ ކަމަށް ވެސް ގަވާއިދުގައި ބުނެފައި ވެއެވެ.

އެ ގަވާއިދުގައި އިތުރަށް ބުނެފައިވަނީ މި މުބާރާތުގައި ބައިވެރިވުމަށް އެދި ހުށައަޅާ ފޯމް 23 އޮކްޓޫބަރ 2022 ވާ އާދިއްތަ ދުވަހުގެ 22:00 ގެ ކުރިން ހުށައަޅަންޖެހެނޭ ކަމަށެވެ.

އެސްޓީއޯ އިން ވިދާޅުވީ ރަޖިސްޓޮރޭޝަން ފޯމް އެސްޓީއޯ މަކިޓާ ޝޯރޫމުން ލިބޭނެ ކަމަށާއި އެސްޓީއޯ ވެބްސައިޓު http://sto.mv އިން ވެސް ޑައުންލޯޑްކުރެވޭނެ ކަމަށެވެ. އަދި ރަޖިސްޓްރޭޝަން ފޯމް ވައިބަރ ނަމްބަރު 7980240 އާއި [email protected] އީމެއިލް އަދި އެސްޓީޢޯ މަކީޓާ ޝޯރޫމް ކައުންޓަރުން ވެސް ބަލައިގަންނާނެ ކަމަށް ވިދާޅުވި އެވެ.

މި މުބާރާތުގެ ބައިވެރިންނަށް ތަކެތި ފަރުމާ ކުރުމަށާއި ހުށައެޅުމަށް 25 އޮކްޓޫބަރ އިން 25 ނޮވެމްބަރ އަށް (އެއްމަސްދުވަހުގެ މުއްދަތެއް) ލިބޭނެ ކަމަށާއި އައިޓަމް އަދި ވީޑިއޯ އެސްޓީއޯ އަށް ހުށައަޅަންޖެހޭ އެންމެ ފަހު ތާރީހަކީ 25 ނޮވެމްބަރ ވާ އަންގާރަ ދުވަހުގެ ހަވީރު 4 ޖެހެމުގެ ކުރިން ކަމަށް އެސްޓީއޯ އިން ވިދާޅުވެ އެވެ.

އެސްޓީއޯއިން ވިދާޅުވީ ތައްޔާރު ކުރެވިފައިވާ ތަކެތީގެ ވީޑިއޯ އެސްޓީއޯ ގެ ފޭސްބުކް އަށް އަޕްލޯޑް ކުރާނީ އެ ކުންފުނިން ކަމަށާއި ކޮންމެ ބައިވެރިއަކަށް ވެސް ބައިވެރި ކުރެވެނީ އެންމެ އައިޓަމެއް ކަމަށެވެ. އަދި މުބާރާތުގެ ވަނަ ހޮވަން ހަމަޖެހިފައިވަނީ ޖަޖުންގެ %70 އާއި އާމުންގެ %20 (ފޭސްބުކް ލައިކްއަށް ބެލުމަށްފަހު) އަދި ހުށައަޅާ ވީޑިއޯ %10 ކަމަށް ވެސް ވިދާޅުވި އެވެ.

މަކިޓާ ބްރޭންޑް އިޝްތިހާރު ކުރުމަށް، މުބާރާތުގައި ބޭނުން ކުރާ ވީޑިއޯތައް އެސްޓީއޯ އިން ބޭނުންކުރެވޭނެ ކަމަށާއި މުބާރާތުގައި ފަރުމާކުރެވިފައިވާ އައިޓަމަކީ އެމީހެއްގެ އަމިއްލަ މަސައްކަތުން ފަރުމާކޮށްފައިވާ އައިޓަމަކަށް ވާންޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި އެހެންފަރާތެއްގެ މަސައްކަތެއް މުބާރާތުގައި ބައިވެރި ކޮށްފައިވާކަން އެސްޓީއޯއަށް ސާބިތުވެއްޖެ ހިނދެއްގައި އެ އައިޓަމެއް މުބާރާތުން ވަކިކުރެވޭނެ ކަމަށާއި އޭގެ ޒިންމާ ނަގަންޖެހޭނީ އެހުށައެޅި ފަރާތުން ކަމަށް ވެސް އެސްޓީއޯ އިން ވިދާޅުވެ އެވެ.

އެ ކުންފުނިން ވިދާޅުވީ މި މުބާރާތުގައި އެސްޓީއޯގެ އެއްވެސް މުވައްޒަފަކަށް ބައިވެރި އެއް ނުވެވޭނެ ކަމަށެވެ.

މި މުބާރާތުގެ އެއްވަނަ އިނާމަށް 50،000ރ ގެ އަގުހުރި މަކިޓާ ޓޫލްސް ލިބޭ ވައުޗަރ ލިބޭނެ އެވެ. ދެވަނަ އިނާމަށް 30،000ރ ގެ އަގުހުރި މަކިޓާ ޓޫލްސް ލިބޭ ވައުޗަރ އަދި ތިންވަނަ އިނާމަށް 15،000ރ ގެ އަގުހުރި އެސްޓީއޯ ޕީޕަލްސް ޗޮއިސް ހޯމް އެންޑް ކިޗަން ޕްރޮޑަކްޓްސް ވައުޗަރ ދިނުމަށް ވަނީ ނިންމާފަ އެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top