Close

އަންނަ އަހަރުގެ މެދުތެރޭގައި ކާށިދޫގެ ފެނުގެ މަސައްކަތް ނިމުމުން، މަގު ހެދުމުގެ މަސައްކަތް ފެށޭނެ: ރައީސް ސާލިހު

އަންނަ އަހަރުގެ މެދުތެރޭގައި ކާށިދޫގެ ފެނުގެ މަސައްކަތް ނިމުމުން، މަގު ހެދުމުގެ މަސައްކަތް ފެށިގެން ދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ކާށިދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ.

ކާށިދޫގެ ބިންހިއްކުމަކީ ކާށިދޫގެ ރައްޔިތުން ވެސް ބޭނުންވެފައިވާ ކަމެއް ކަމުގައިވާތީ، ކާށިދޫގެ އައު ބަނދަރު ހެދުމުގެ މަސައްކަތާއި އެކު ބިން ހިއްކުމުގެ މަސައްކަތް ފެށުމަށް ކަމާއި ގުޅޭ ފަރާތްތަކާއި އެކު މަސައްކަތް ކުރައްވާނެ ކަމަށް ވެސް ރައީސް ސާޅިހު ވިދާޅުވި އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ސާލިހު ވިދާޅުވީ ކާށިދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރައްވާ ކޮމިޓީ އާއި ބައްދަލުކޮށްލެއްވުމުގެ ބޭނުންފުޅަކީ ރަށްރަށުގެ ހާލަތު ބައްލަވައި ތަރައްޤީއަށް ކުރެވޭ މަސައްކަތާއި ގުޅޭ ގޮތުން މަޝްވަރާކުރައްވައި ޚިޔާލު ބަދަލުކުރެއްވުން ކަމަށެވެ. އަދި ކާށިދޫއަކީ ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރެވޭ ރަށެއްކަމުގައި ވާތީ އެކަން ފާހަގަކުރެއްވި އެވެ.

ކާށިދޫ ކައުންސިލުން ވަނީ، ކާށިދޫގައި މިހާރު ހިނގަމުންދާ ނަރުދަމާގެ މަޝްރޫޢާއި އަދި ފެނުގެ މަޝްރޫޢު ނިމުމަށްފަހުގައި، ރަށުގެ ބޮޑެތި މަގުތައް އެކަށޭނަ ޒަމާނީ ފެންވަރަކަށް ހެދުމުގެ މަސައްކަތް ފައްޓަވާނެކަން އިޢުލާނުކުރައްވާފައިވާތީ އެކަމަށް ޝުކުރު އަދާކުރައްވާފަ އެވެ.

މީގެ އިތުރުން ދަނޑުވެރިންގެ ދުވަހާއި ކާބޯތަކެތީގެ ދުވަހުގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ދަނޑުވެރިކަމަށް އެކަށޭނަ ދިގުމުއްދަތަކަށް ރަނގަޅު އިންވެސްޓްމެންޓެއް ކުރެވޭނެ ގޮތަށް ބިން ލިބޭނެ ގޮތް ހަމަޖައްސަވައި ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވާ ކަން ފާހަގަކުރައްވައި ކައުންސިލުން ވިދާޅުވީ އެކަމަށް ކާށިދޫ ކައުންސިލުން ފުރިހަމައަށް އެއްބާރުލުންދެއްވާނެ ކަމަށެވެ.

މީގެ އިތުރުން ކާށިދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރައްވާ ކޮމީޓީން ފާހަގަކުރެއްވި އިތުރު ކަންކަމުގެ ތެރޭގައި، ކާށިދޫގެ އައު ބަނދަރު ހެދުމާއި، ބިންހިއްކުމާއި، ރަށުގެ ކުނީގެ މައްސަލަ އާއި ރަށްގިރުމުގެ މައްސަލަ ހިމެނެ އެވެ.

ކާށިދޫގެ ސިއްޙީޚިދުމަތާއި ގުޅޭ ގޮތުން ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރައްވާ ކޮމިޓީން ފާހަގަކުރެއްވި ކަންކަމާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިއަންނަ އަހަރު ކާށިދޫ ސިއްޙީމަރުކަޒަށް އަންހެނުންނާއި ކުޑަކުދިންގެ ޑޮކްޓަރެއް ފޮނުވޭނެ ކަމަށާއި، ސިއްޙީޚިދުމަތް ތަރައްޤީކުރުމަށް އިތުރު މަސައްކަތްތައް ކުރެވިގެންދާނެ ކަމަށެވެ.

ކާށިދޫގައި މިސަރުކާރުން މިހާރުވެސް ގިނަ މަޝްރޫޢުތަކެއް ހިންގަމުންދާއިރު، ގިނަ މަޝްރޫޢުތަކެއް ވަނީ ޕްލޭނިންގ މަރުޙަލާގަ އެވެ. މިގޮތުން ކާށިދޫގައި ހިނގަމުންދާ މަޝްރޫޢުތަކުގެ ތެރޭގައި ކާށިދޫގެ ފެނުގެ ނިޒާމާއި، ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތާއި، ސިއްޙީމަރުކަޒު އަޕްގްރޭޑް މަސައްކަތާއި، މައިކްރޯ ގްރިޑް ޑިސެލިނޭޝަން ޕްލާންޓްގެ މަސައްކަތް ހިމެނެ އެވެ.

ކާށިދޫ ކައުންސިލާއި އ.ތ.މ ކޮމިޓީއާއެކު ބޭއްވެވި ބައްދަލުކުރެއްވުމަށްފަހުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ކާށިދޫ ސިއްޙީމަރުކަޒަށް ޒިޔާރަތްކުރައްވާ، އެމަރުކަޒަށް ޒިޔާރަތްކުރައްވާ މެހެމާނުން ސޮއެކުރައްވާ ފޮތުގައި ސޮއެކުރައްވާފަ އެވެ. އަދި ކާށިދޫ ސިއްޙީމަރުކަޒުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ޚާއްޞަ ހަނދާނީ ހަދިޔާއެއްވެސް ވެދުމަށް އަރުވާފަ އެވެ.

ކާށިދޫ ސިއްޙީމަރުކަޒަށް ކުރެެއްވި މިޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަރުކަޒުގެ މުވައްޒަފުންނާއި ބައްދަލުކުރައްވައި އެތަނުގެ ޚިދުމަތްތަކާއި ގުޅޭގޮތުން މައުލޫމާތު އޮޅުންފިލުއްވައި އެމަރުކަޒުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތައް ބައްލަވާލައްވާފަ އެވެ.

ކާށިދޫ ސިއްޙީމަރުކަޒުގެ ޚިދުމަތްތައް ރަނގަޅު ކުރެއްވުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ދަށުން އެމަރުކަޒުގެ އެކްސްޓެން ޢިމާރާތާއި، ޕޯރޓިކޯ އޭރިޔާ ހެދުމާއި، ސިއްޙީމަރުކަޒަށް އިތުރުކުރެވުނު ބައިގެ ވަށާފާރު ރޭނުމުގެ މަސައްކަތް ބަޔަކާއި ހަވާލުކުރެވި މިހާރު ދަނީ ހިނގަމުން ނެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top