Close

މިއަހަރުގެ ޒުވާނުންގެ އިނާމް: ފިޔޯރީ، ރަތަފަންދޫ އަދި އިސްދޫ އަށް ނިސްބަތްވާ ފަރާތްތަށް!

ޒުވާނުންގެ އިނާމު ދިނުމުގެ ހަފުލާގެ ތެރެއިން

މިއަހަރުގެ ޒުވާނުންގެ އިނާމް ލިބުނު ފަރާތްތަކުގެ ތެރޭގައި ފިޔޯރީ، ރަތަފަންދޫ އަދި އިސްދޫ އަށް ނިސްބަތްވާ ފަރާތްތަށް ހިމެނިއްޖެ އެވެ.

އެގޮތުން ދަނޑުވެރިކަމުގެ ދާއިރާއިން ޒުވާނުންގެ އިނާމު ލިބިލެއްވީ ލ އިސްދޫ - މޯނިން ހައުސް، އަލީ ރަޝީދު އަށެވެ.

އޭނާއަކީ ސްރީލަންކާއިން ޑިޕްލޮމާ އިން ޓީޗިން ޕްރައިމަރީ ކޯސް ފުރިހަމަ ކޮށް، ރަށަށް ބަދަލުވެ ދަނޑުވެރިކަމުގެ ތެރެއަށް ވަން ޒުވާނެކެވެ. 2020 ވަނަ އަހަރުން ފެށިގެން އެގްރޯ ނޭޝަނަލް ކޯޕަރޭޝަންގައި ރަޖިސްޓްރީކޮށްގެން ދަނޑުވެރިކަމުގެ މަސައްކަތުގައި ހަރަކާތްތެރިވާއިރު، އިސްދޫ ސުކޫލު ޓީޗަރެއްގެ ވަޒީފާ އަދާކުރަމުން ދަނޑުވެރިކަމުގައި 8 އަހަރު ހޭދަކޮށްފައި ވެއެވެ.

މީގެ އިތުރުން ޒުވާނުން ދަނޑުވެރިކަމުގެ ދާއިރާއަށް ޝައުގުވެރިކޮށްދީ ލުއިފަސޭހަ ގޮތަކަށް ދަނޑުވެރިކަން ކުރުމުގެ މަސައްކަތް ދަސްކޮށްދިނުމުގައި ވެސް އޭނާގެ ދައުރު ފާހަގަ ކުރެވެ އެވެ.

ޒުވާނުންގެ އިނާމު ދިނުމުގެ ހަފުލާގެ ތެރެއިން

މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތް ކުރުމުގެ ދާއިރާއިން މިއަހަރުގެ ޒުވާނުންގެ އިނާމު ލިބިލެއްވީ ގދ. ރަތަފަންދޫ - އައްސޭރިވިލާ، އާފިރު މުހައްމަދު އަށެވެ.

އާފިރަކީ ޖާނީގައި ވޮލަންޓިއަރެއްގެ ހައިސިއްޔަތުން މަސައްކަތް ކުރާ ޒުވާނެކެވެ. މަސްތުވާތަކެތީގެ ވަބާގައި ޖެހުނު މި ޒުވާނާ ވަނީ މަސްތުވާތަކެތިން ސަލާމަތްވެ ގަދަ ހިތްވަރާއެކު ޒުވާނުން މި ވަބާއިން ދުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައި ވެއެވެ. މޯލްޑިވްސް ކަސްޓަމްސް ގައި މަސައްކަތް ކުރާ ނަމޫނާ ޒުވާނެއްގެ ގޮތުގައި ވެސް އޭނާ ފާހަގަކުރެވެ އެވެ.

ވިޔަފާރިއާއި އިގްތިސާދުގެ ދާއިރާއިން އިނާމު ލިބިލެއްވީ ގދ. ފިޔޯރީ - ޝާދީވިލާ، މުހައްމަދު ޖައިލަމް އަށެވެ.

ޖަވާބު ޕްރައިވެޓް ލިމިޑެޓްގެ މެނޭޖިންގ ޑައިރެކްޓަރ އަދި ސީއީއޯ ގެ މަގާމު ވެސް އަދާކުރައްވާ ޖައިލަމް ވަނީ ޖަވާބު އެކަޑަމީގެ ނަމުގައި ވެބް ޑިޒައިނިން އާއި ގްރެފިކްސް ޑިޒައިނިންގެ ކުލާސްތައް ނަގާދީފަ އެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top