Close

ލ. ގަން ތުނޑީ ބަނދަރު ތަރައްގީކުރުމުގެ 97 އިންސައްތަ ނިނިއްޖެ

ލ. ގަން ތުނޑީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތްތަކުގެ 97 ޕަސެންޓް ނިމިއްޖެ ކަމަށް އެމްޓީސީސީން ވިދާޅުވެއްޖެ އެވެ.

އެމްޓީސީސީން ވިދާޅުވީ މި މަޝްރުއުގައި ހިމެނޭ ހާބަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތުގެ 49 ޕަސެންޓް ވެސް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 360 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 310 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމަށް ވަނީ ނިންމާފަ އެވެ. އަދި 2501 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ބްރިޖެއް ހެދުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނެ އެވެ.

މިއީ 33.4 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top