Close

އެންމެ އިސް ވާޖިބަކީ ދިވެހިންގެ ސިޔާދަތީ މިނިވަންކަން ދިފާޢުކޮށް ދެމެހެއްޓުން: ރައީސް

އެންމެ އިސް ވާޖިބަކީ ދިވެހިންގެ ސިޔާދަތީ މިނިވަންކަން ދިފާޢުކޮށް ދެމެހެއްޓުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނެވެ.

ރައީސް ވިދާޅުވީ މިއަދުވެސް އަޅުގަނޑުމެން އެންމެ ބޮޑު އިސްކަމެއް ދެނީ ދިވެހިންގެ ދީނީ ޢަޤީދާ ރައްކާތެރިކުރުމަށް ކަމަށާއި މިއަދު ވެސް، އިއްޔެ ވެސް އަދި މާދަމާ ވެސް އަޅުގަނޑު އެންމެ އިސްކަން ދޭނީ މި ދެ ކަންތަކަށް ކަމަށެވެ.

މީގެ އިތުރުން ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަކުރާއިރު، އެ މަތިވެރި ދީން އަޅުގަނޑުމެންނަށް ގެނެސްދިން ރިވެތި ސިފަތަކާއި ހަމަތަކުގެ މަތީގައި ސާބިތުވެ ތިބުމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށެވެ. އަދި އިސްލާމްދީނަކީ ވަރަށް ފުރިހަމަ އަދި ވަރަށް ޝާމިލް ނިޒާމެއް ކަމަށާއި އެ ދީން އަޅުގަނޑުމެންނަށް އެންމެ ބޮޑަށް ބާރުއަޅަނީ ދެ މޫނުގެ ވެރި ބަޔަކަށް ނުވުމަށް ކަމަށް ވެސް ވިދާޅުވި އެވެ.

އިސްލާމްދީނަކީ ޞުލްޙަޔާއި ހަމަޖެހުމާއި އެކުވެރިކަމުގެ ދީންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ ސިފަތައް މުޖުތަމަޢުގައި ދެމެހެއްޓުމަށްޓަކައި، މުސްލިމުންގެ ކިބައިގައި ހަރުލައްވަންޖެހޭ އެންމެ މުހިންމު ސިފަޔަކީ ތެދުބުނުން ކަމަށެވެ. އަދި ކޮންމެ ކަމެއްގައި ވެސް ތެދު ބަހުން ވާހަކަ ދެއްކުމަށާއި ދޮގު ވާހަކަތަކާއި ޔޯލަ ވާހަކަތައް ނުފެތުރުމަށް ވަނީ އެދިވަޑައިގެންފަ އެވެ.

މީގެ އިތުރުން ހަގީގަތް އެނގި ތިބެ، މަސްލަހަތު ނަގައިލުމަށްޓަކައި އޮޅުވާލައިގެން ވާހަކަ ނުދެއްކުމަށް ވެސް އެދިވަޑައިގެންނެވި އެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top